ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުސަތު 

ކައުންސިލް އެސިސްޓެންޓް

މަޤާމް:

-

މަޤާމުގެ ނަންބަރ :

02 (ދޭއް)

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

މީލާދީ 2 އަހަރު

މަޤާމުގެ މުއްދަތު:

އެސް. އެސް 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހައްދާ ދަނޑު ތަކުގައި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސައްކަތްކުރާ ގަޑިއަކަށް 33/65 ރުފިޔާ  (ތިރީސްތިންރުފިޔާ ފަސްދޮޅަސް ފަސްލާރި)

މުސާރަ:

-

ސަރވިސް އެލަވަންސް

  1. ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ

އެހެނިހެން އެލަވެންސް  

 ލިޔަން ކިޔަން އެގުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ސްކުރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުތުތައް:

މިވަޒީފާއަކީ ބަންދު ދުވަހެއް ނެތި ހަފުތާގެ ހުރިހާ ދުވަހަކު (ދުވާލަކު 4 ގަޑިއިރު) މަސައްކަތް ކުރަންޖެހޭ ވަޒީފާއެކެވެ.

  1. ދަނޑުވެރިކަމާގުޅޭ އެންމެހާ ކަންކަމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ދަނޑުތަކުގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުމަށް ހަވާލުވެ ހުންނަވާ ފަރާތަކަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ދަނޑު ހެއްދުމަށް މުވައްޒަފާ ހަވާލުކުރެވޭ އެންމެހާ އާލާތްތައް ރައްކާތެރިކަމާއެކު ގެންގުޅެ ބެލެހެއްޓުން.
  3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ދަނޑުތަކުގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުމަށް ހަވާލުވެ ހުންނަވާ ފަރާތަކުން އަންގާ ގޮތެއްގެ މަތިން ދަނޑު ތަކުގައި އިންދަންބޭނުންވާ ބާވަތްތަކުގެ ގަސް މުޑުވައްކުރުން.
  4. ދަނޑުތަކުގައި އިންދާ ހައްދާ ގަސްތަކަށް ދުވާލަކު 2 އިރު ފެންދީ، ކާނާ އަޅަންޖެހޭ ގަސްތަކަށް ކާނާއަޅައި ގަސް ހެއްދުން.
  5. ދަނޑު ތަކުން ލިބޭ މޭވާއާއި ތަރުކާރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ދަނޑުތަކުގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުމަށް ހަވާލުވެ ހުންނަވާ ފަރާތަކުން އަންގާ ގޮތެއްގެ މަތިން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމުގެ އަމަލީ މަސައްކަތް ކުރުން.
  6. އަަދި މީހެ އިތުރުންވެސް ދަނޑުވެރިކަމާގުޅޭ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  7. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

  • އެގްރިކަލްޗަރ

 މަޤާމުގެ ތައުލީމީ ރޮނގުތައް:

  • އެގްރިކަލްޗަރ

ޕްރިފަރޑް ޑިސިޕްލިން

  • ނެއް
  • ކޯ ޑިސިޕްލިން
  • ނެއް

ގުޅޭ ވަޒީފާގެ ދާއިރާތައް:

01- ފުރިހަމަ ކޮށްފައިވާ ފ.މަގޫދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ފ.މަގޫދޫ ކައުންސިލްގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ)

02- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 03- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

 04- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

 05- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 06- މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 07- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ

 08- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަންކުރެވޭނީ ލިބުނު ޕޮެއިންޓްގެ ޖުމަލް %70 (ހަތްދިހަ) އިންސައްތައަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތެވެ.

ނޯޓް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ނޮވެންބަރ 2022 ގެ 14:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 16 ނޮވެންބަރ 2022 ން 17 ނޮވެންބަރ 2022 އާ ދެމެދު، ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740014 އަށެވެ. އީ-މެއިލް ކުރާނީ :[email protected] އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުޞޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާވިސް ކޮމިސަނުގެ ވެބްސައިޓްގެ ޑައުންލޯޑުސްގެ "ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލުތައް'' (http://www.csc.gov.mv/dv/recruitment-usoolu)  ން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

13 ރަބީއުލްއާޙިރު 1444

07 ނޮވެންބަރު 2022

07 ނޮވެންބަރު 2022
ހޯދާ