ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ ކުޅުދުއްފުށި ކެމްޕަސް: އިމްތިހާނަށް އިންވިޖިލޭޓަރުން ހޯދުން

އެގްޒާމް އިންވިޖިލޭޓަރ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މި އަހަރުގެ ފުރަތަމަ ޓަރމުގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާން ކުޅުދުއްފުށީ ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

5

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށީ ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

ފައިނަލް އިމްތިޙާނު އޮންނާނީ 27 ނޮވެމްބަރު 2022 އިން 10 ޑިސެންބަރު 2022 އަށެވެ.

ރީސިޓް އިމްތިޙާނު އޮންނާނީ 2023 ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 15 ނޮވެމްބަރު 2022ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީ ކެމްޕަހުގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ކުޅުދުއްފުށި ކެމްޕަހުގެ އޮފީހުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf

  • - ވަނަވަރު (ސީވީ)
  • - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • - ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345227 އަށެވެ.

07 ނޮވެންބަރު 2022
ހޯދާ