މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދިނުން

 ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފެންބިލްޑިންގގެ 5 އަދި 6 ވަނަ ފަަންގިފިލާގެ އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދިނުން

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2014/102 ގެ ދަށުން ބައިވެރިވެފައިވަނީ އެންމެ ދެފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމް.ޑަބްލިޔޫ.އެސް.ސީ އިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން، ފެން ބިލްޑިންގގެ 5 އަދި 6 ވަނަ ފަންގިފިލާގެ އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދޭނެެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 16 ނޮވެންބަރު 2014 އިން 20 ނޮވެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 24 ނޮވެންބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ނޮވެންބަރު 2014 ވާ ދުވަހުގެ 11:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 02 ޑިސެންބަރު 2014 ވާ ދުވަހުގެ 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

13 ނޮވެންބަރު 2014
ހޯދާ