ޣާޒީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ ބައެއް މަސައްކަތް ކުރަން

މި ސްކޫލުގެ މަރާމާތުގެ ބައެއް މަސައްކަތް ކުރަން ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- މި ސްކޫލުގެ ދަގަނޑު ލޮކަރުތަކުން ދަބަރު ފިލުވައި އަލުން ދަވާދުލައި ލޮކަރުތަކުގެ ތަޅުތައް ބަދަލުކުރުން.

2- މި ސްކޫލުގެ ބީ ބުލޮކްގެ ދެފުލޯރގެ ފާޚާނާބަރީގެ ކަރަންޓް ވަޔަރިންގ އާކުރުން.

3- މި ސްކޫލުގެ އޯވަރހެޑް ޓޭންކުތަކުގެ އޮޓޮމެޓިކް ސްވިޗް ސިސްޓަމް މަރާމާތުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 1:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 27 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 2:00 އަށެވެ. ބިޑް ހުށަހަޅުއްވާއިރު ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2014
ހޯދާ