މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް Microsoft Office 365 ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު (IUL)94-Q/94/2022/30 ގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942022W-26

އަންދާސީ ހިސާބު ބޭނުންވެއްޖެ   

  1. މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް Microsoft Office 365  ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު  (IUL)94-Q/94/2022/30  ގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 06 ނޮވެންބަރު 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
  4. ބީލަން ހުށައެޅުން އޮންނާނީ 16 ނޮވެންބަރު 2022 ބުދަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330470, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

06 ނޮވެންބަރު 2022
ހޯދާ