މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢުގެދަށުން، ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެދޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.

އިޢުލާން

 

މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢުގެދަށުން، ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެދޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.

 

ބ.ކިހާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢާއި ގުޅިގެން ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު 2022 ނޮވެމްބަރ 07 ވާ ހޯމަދުވަހުން ފެށިގެން ހުޅުވާލަމެވެ.

ވިމާ، ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެދޭ ފޯ މި އިދާރާއިން ނެންގެވުމަށްފަހު، ފޯމު ފުރުއްވާ 2023 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހޭނީ މިކަމަށްޓަކައި މިހާރު އަމަލު ކުރަމުންދާ ޤަވައިދު ނަންބަރު 2022/R-90 '' މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު'' އާއި އެއްގޮތަށެވެ. އެހެންކަމުން އިސްވެ ދެންނެވުނު ގަވައިދު މި ޢިއުލާނާއެކު އާންމުކޮށް ފެންނާނެހެން ބެހެއްޓިފައިވާނެ އެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ ޢިއްލާން ކުރީމެވެ.

 

12 ރަބީޢުލްއާޚިރު 1444ހ.

    06 ނޮވެމްބަރ 2022މ.

06 ނޮވެންބަރު 2022
ހޯދާ