ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން 1 (އެއް) އަހަރުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ބޭނުންވެއްޖެ.

މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 74 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް  9 ނޮވެމްބަރ    2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ  14 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ހެދުނު 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާމާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 9ނޮވެމްބަރ 2022  ވާ ބުދަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 10ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002526) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

12 ރަބީޢުލްއާޙިރު 1444

6 ނޮވެމްބަރ 2022

06 ނޮވެންބަރު 2022
ހޯދާ