ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

 ކައުންސިލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މިރަށު ބަނދަރު ސަރަހައްދުގައި މަސްކަނޑާ އަށްޓެއް އަމިއްލަ ތަކެތީގައި ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 އިތުރު މަޢުލޫމާތު

  • މި މަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 13 ނޮވެމްބަރު 2022  ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 20 ނޮވެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކުސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކުސް އެއްވަރުވެއްޖެނަމަ މާކުސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތުގެ އަގަށް

% 70

މުއްދަތަށް

% 20

މަސައްކަތުގެ ތަޖުރިބާއަށް

% 10

އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

06 ނޮވެންބަރު 2022
ހޯދާ