އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

 އިޢުލާން

 މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

             މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަންކިޔުން 16 ނޮވެންބަރު 2022 ބުދަ ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.

        މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން 15 ނޮވެންބަރު 2022 އަންގާރަ ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން، ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

               ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން  16 ނޮވެންބަރު 2022 ބުދަ ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.     

                           12 ރަބީޢުލްއާޚިރު  1444

                           06 ނޮވެންބަރު 2022

 

06 ނޮވެންބަރު 2022
ހޯދާ