ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ:IUL)244-ESMSMS/244/2022/53

އިޢުލާން

           ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: IUL)244-ESMSM/244/2022/42 (25 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލާމެވެ.

           މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

           ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ, [email protected] [email protected]އަށެވެ.

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

06 ނޮވެންބަރު 2022
ހޯދާ