ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމް:

އޮފީސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން

މަޤާމްގެ މައްސޫލިއްޔަތު:

-          މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

-          ޑިޕާޓްމަންޓް ފޮނުވަންޖެހޭ އަދި ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުން

-          ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން

މަހު މުސާރަ:

11،000ރ އާއި 12،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ތިލަފުށި ބޯޓްޔާޑް، ކ.ތިލަފުށި

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 07 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032510 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

02 ނޮވެންބަރު 2022
ހޯދާ