މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ (އެމް.އެސް 2)

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ  (އެމް.އެސް 2)

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިވިޜަން  

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މ މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( މީގެ ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ބިޒްނަސް އިންފޮމޭޝަން ސިސްޓަމް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެއެވެ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އެޕްލިކޭޝަން ހަދައި ތައްޔާރުކުރުމާއި، އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ ތަފުސީލު ޗީފް އައިސީޓީ އެގްޒެކެޓިވްއަށް ދިނުމާއި، މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދިނުން.
  2. އެޕްލިކޭޝަން ތަކާއި ގުޅޭ ޑޭޓާބޭސްގެ ބެކަޕް ތާވަލެއް ހަދައި އެތާވަލާއި އެއްގޮތަށް ބެކަޕް ނެގުން.
  3. މިނިސްޓްރީ ހިންގުމަށް ބޭނުންކުރެވޭ އެޕްލިކޭޝަންތަކާގުޅޭ ތަމްރީނު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް އިންތިޒާމުކުރުމާއި ހިންގުމުގައި އެހީތެރިވުން.
  4. ޗީފް އައި.ސީ.ޓީ އިރުޝާދުގެ ދަށުން މިނިސްޓްރީގެ ވެބްސައިޓް އަދި އިންޓްރާނެޓް ހަދައި ތައްޔާރުކޮށް، ވެބްސައިޓް އަދި އިންޓްރާނެޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ

އެހެން ވަޒީފާއެއް ޢަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.  
  • އައި.ޓީ ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ތަޖުރިބާ ލިބިފައި ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާސްކްރިޕްޓް
  3. ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  4. އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ ޢަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި:

23 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްއާއި އިމްތިޙާނުކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

12 މުޙައްރަމް 1436

05 ނޮވެންބަރު 2014
ހޯދާ