ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

`

ތ.އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ

                ނަންބަރު:(IUL)TAH-A/TAH/2022/63

އިޢުލާނު

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-345546

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.އަތޮޅު ހޮސްޕިޓަލް/ ތ.ވޭމަންޑޫ

މުސާރަ:

-/6295ރ

ސަރވިސް އެލަވަންސް:

-/2000ރ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ޓެކްނިކަލް ކޯގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަނުވާ ނަމަ ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނާއި ގުޅޭގޮތުންނާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ލިބޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  2. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުން.
  3. މުވައްޒަފުންގެ ވަޒީފާ ބަޔާއްތަކާއި ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ޙަވާލުކުރުން އަދި އެތަކެއްޗަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެންނަމުން ދިއުން.
  4. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ އިދާރީ އޮނިގަނޑުތަކަށް އަންނަބަދަލުތަކާއި މަގާމުތަކަށް އަންނަ ބަދަލުތައް (އިތުރުކުރަންޖެހޭ ނުވަތަ އުނިކުރަންޖެހޭ) ގެނެއުމުގެ މަސައްކަތްތައް ވިއުގަ 2.0 އިން ކުރުން.
  5. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންގެ ރެޖިސްޓްރީއަށް އަންނަ ބަދަލުތައް (ވަޒީފާދެވޭ، ވަޒީފާބަދަލުކުރެވޭ،ވަޒީފާވަކިކުރެވޭ، އަދި އެލަވަންސް ހަމަޖެހޭ މުވައްޒަފުންގެ މަޢުލޫމާތު) އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނާއި ވަޒީފާއާއި ގުޅޭގޮތުންނާއި އެކި ފަރާތްތަކުން ބޭނުންވާ މައުލޫމާތުތައް އެއްކޮށް އެފަރާތްތަކަށް ހިއްސާ ކުރުރުން. 
  7. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނަށް އަންގަންޖެހޭ ޢާއްމު އުޞޫލުތައް އެންގުމުގެ މަސައްކަތް ކުރުން
  8. އެމުވައްޒަފަކާއި ޙަވާލުވެގެން ކުރެވޭ މަސައްކަތްތަކުގެ އެންމެހާ ލިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން 
  9. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުމާއި މުވައްޒަފުންނަށް ދެވޭ ޓްރޭނިންގ ތަކުގެ ރެކޯޑްސް ބެލެހެއްޓުން.
  10. މުވައްޒަފުންނަށް އަންގަންޖެހޭ ޢާންމު އުސޫލުތައް އެންގުމުގެ މަސައްކަތްކުރުން
  11. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް " ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި " ވާ ގޮތުގެމަތިން ކުރުވުން.
  12. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން.
  13. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި ޗުއްޓީ ރެކޯޑްސް ދުވަހުން ދުވަހަށް ބަލަހައްޓަމުން ދިއުން.
  14. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، ހާޒިރީއާއި ގުޅިގެން އަޅަންޖެހޭ ފިޔަވާޅުތައް އެޅުމަށް ބޭނުންވާ މަޢުލޫމާތު ސްޕަވައިޒަރުންނަށް ދިނުން.
  15. މުވައްޒަފުންގެ ޕޭލީވް، ނޯޕޭ ލީވްތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމާއި ކަމާއި ގުޅުންހުރި ރެކޯޑްސް ވިއުގަ 2.0 އިން އަދާއި ހަމަކުރުން.
  16. ވަޒީފާއިން ވަކިވުމަށް ހުށަހަޅާ ފަރާތްތައް ވަޒީފާއިން ވަކިކުރުމާއި ކަމާއި ގުޅުން ހުރު ލިޔުއްތައް ފައިލްކޮށް ބެލެހެއްޓުން.
  17. މުވައްޒަފުންގެ ޕާސަނަލްފައިލްތައް ބެލެހެއްޓުމާއި، ފައިލްތަކަށް އަޅަންޖެހޭ އެންމެހާ ލިޔުއްތައްއެޅުމާއި ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ތަރުތީބު ނަމްބަރ ޖެހުން.
  18. މުވައްޒަފުންނަށް އެކި ކަންކަމާއި ގުޅިގެން ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ޙަވާލުކުރުން.
  19. ސެކްޝަންގައި މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ހޯދުން.
  20. ޞިއްޙީއިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  21. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން: ނެތް

 

މަޤާމްގެ ކޯ ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތައް:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާތަންތަނުގެތަޖުރިބާއަންގައިދޭރެފަރެންސްޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ނޮވެމްބަރ 2022 ގެ މެންދުރު 12:00 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާ ނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓްތައް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލްގައި އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަޤާމްގެ ނަންބަރ ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން، އިމްތިހާން ނުވަތަ ޕްރެކްޓިކަލްއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެކްޓިކަލް އޮންނާނީ،13 ނޮވެމްބަރ 2022އާ 30 ނޮވެމްބަރ 2022 އާ ދެމެދު، ތ.އަތޮޅު ހޮސްޕިޓަލުން ކަނޑައަޅާ ތަނެއް ގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެކްޓިކަލް އަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782776 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

08 ރަބީއުލްއާހިރް 1444ހ

02 ނޮވެމްބަރ 2022މ

02 ނޮވެންބަރު 2022
ހޯދާ