އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
02 ނޮވެމްބަރ 2022 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މާސް ކެޝުއަލްޓީ މެނޭޖްމަންޓް ޑްރިލްއާއި ގުޅޭ

02 ނޮވެމްބަރ 2022 ވަނަ ދުވަހު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދު ގެ ވަގުތެއްގައި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއަރޕޯރޓް އެމަރޖެންސީ އެކްސަސައިޒްއާއި ގުޅުވައިގެން ފުލް-ސްކޭލް މާސް ކެޝުއަލްޓީ މެނޭޖްމަންޓް ޑްރިލްއެއް މިހޮސްޕިޓަލްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތް ހިންގުމުގެ މަޤްސަދަކީ ފްލައިޓް ވެއްޓުން ފަދަ މާސް ކެޝުއަލްޓީ ހާދިސާއެއްގެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތުގެ އުޞޫލުތަކަށް ހޮސްޕިޓަލް އަދި ކަމާއި ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުމެވެ. މިހަރާކާތް ކުރިޔަށްދާ ވަގުތުގައި އެމަރޖެންސީ ޚިދުމަތްތައް ފިޔަވައި އެހިނިހެން ހިދުމަތްތައް މެދުކެނޑިގެން ދާނެކަން ތިޔަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ދެންނެވީމެވެ. މިހަރަކާތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދެމެވެ. އަދި މިފުރުސަތުގައި ހޮސްޕިޓަލުން ކުރިޔަށްގެންދާ މިފަދަ ހުރިހާ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ނުހަނު އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

01 ނޮވެންބަރު 2022
ހޯދާ