އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ޓްރަކެއް ސަޕްލައިކޮސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލަށް ޕަވަރ ގޭޓް 2 ޓަނުގެ ޕިކަޕް ޓުރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ޕަވަރގޭޓް 2 ޓަނުގެ ޕިކަޕެއް މިކައުންސިލަށް ގަންނަން ބޭނުންވެއެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ބީލަމުގައި ބައިވެރިވުން

މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރީ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރުމަށްފަހު ކައުންސިލުން މެއިލް ލިބުނު ކަމަށް އެންގުމުން ރަޖިސްޓްރީ ކުރެވުނީ އެވެ. ރަޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.   

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ސެކިއުރިޓީ

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ. 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 60 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ  17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00  ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ނޮވެމްބަރ 2022

ރަޝާދު އަލީ

ކައުންސިލްގެ ރައީސް

01 ނޮވެންބަރު 2022
ހޯދާ