ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާއާއި ކައުންސިލްގެ އިޙުތިސާސްތަކުގެ ތެރޭގައިހިމެނޭ ގދ. ކަޅެހިނގިއްލާ، ބޮޑެހުއްޓާ، ހަކަންޑުވާ، ހައްވައްޔަރަޓާ، މާރެހެޔާ، ކުރިކޭމާހުއްޓާ، އަދި ފިލާރަޓާ ގެ ޓޮޕްގުރަފިކް ސަރވޭ ހެދުމާއި ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

ގދ. ނަޑެއްލާއާއި ކައުންސިލްގެ އިޙުތިސާސްތަކުގެ ތެރޭގައިހިމެނޭ ގދ. ކަޅެހިނގިއްލާ، ބޮޑެހުއްޓާ، ހަކަންޑުވާ، ހައްވައްޔަރަޓާ، މާރެހެޔާ، ކުރިކޭމާހުއްޓާ، އަދި ފިލާރަޓާ ގެ ޓޮޕްގުރަފިކް ސަރވޭ ހެދުމާއި ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތާބެހޭ ބީލަން ފޮތް މި https://bit.ly/3Do5LAs ލިންކުން ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިއެވާ އީ-މެއިލަށް މެއިލް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

އީމެއިލް: [email protected] / [email protected]  

 

ބީލަން ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

01 ނޮވެންބަރު 2022
ހޯދާ