މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިން މެކޭނިކް ތަމްރީނާއި ގުޅޭ

އިޢުލާން

މެރިން މެކޭނިކް ތަމްރީނާއި ގުޅޭ

ރ.އަތޮޅު ކައުންސިލް އިދާރާއާއި މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓާއި ގުޅިގެން 20 ނޮވެމްބަރ 2022 ގައި ރ.އުނގޫފާރުގައި މެރިން މެކޭނިކުން ތަމްރީން ކުރުމުގެ 3 ދުވަހުގެ ޓްރެއިނިންގ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޕްރޮގުރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު 14 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ކޯހުގެ ފީއަކީ 2000 ރުފިޔާ  ކަމުގައި ދަންނަވަމެވެ. މި ތަމްރީނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އަތޮޅު ކައުންސިލް އިދާރާގެ އ.ކައުންސިލް އޮފިސަރ ޖާދުﷲ އަބްދުލްބާރީ 9982021 ފޯނަށް ކަމުގައި ދެންނެވީމެވެ.

29 ރަބީޢުލްއައްވަލްޙާޙ 1444

25 އޮކްޓޫބަރު 2022
ހޯދާ