މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝާން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ / ކ. ގުރައިދޫ

މުސާރަ:

5610.00

ސަރވިސް އެލަވަންސް:

2000.00

ބޭނުންވާ އަދަދު:

1

ތަޢުލީމާއި ތަޖުރިބާ:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ވިޔަފާރި އުސޫލުން ދޫކުރެވޭ ބިންބިމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

2- އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާ ގުޅޭގޮތުން ހުށެހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

3- އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ފަދަ ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ހުށެހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

4-      އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދައާއި، ހޮޓާ ކެންޓީނު ހިންގުމުގެ ހުއްދަ ދޫކުރުމާއި، އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން.

5- އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ފަދަ ތަންތަނުގައި އިންވެސްޓްކުރުމާ ގުޅޭގޮތުން ހުށެހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

6- ކައުންސިލްގެ ނަމުގައި އުފުލޭ މުދަލާއި ނޫފުލޭ މުދާ ހޯދުމާއި، އެ މުދާ މިލްކުކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި ބެލެހެއްޓުމާއި، އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ހުށެހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

7- ކައުންސިލުން ދޭ ޚިދުމަތްތަކަށް ފީ ކަނޑައެޅުމާއި، އެކަމާ ގުޅޭގޮތުން ހުށެހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

8- ކައުންސިލުން ހިންގާ ވިޔަފާރިތަކާއި، ކައުންސިލުން ބައިވެރިވާ ވިޔަފާރިތަކާ،އި ކައުންސިލަށް އާމްދަނީ ހޯދުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.

9- މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްއާއި، އިމްތިޙާންކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އިންޓަރވިއުއަށް ހާޒިރުރުވާންޖެހޭ ތާރީޚާއި ގަޑި، އެކަމަށް އެކަށީގެންވާ ވަގުތު އޮއްވާ،    އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:    

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2014 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ  ލިޔުންތައް ކިޔަންއެނގޭ  ކޮޕީ.

5- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރިތަނުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640072 އެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

12 މުޙައްރަމް 1436

05 ނޮވެންބަރު 2014
ހޯދާ