މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Indian Science and Research Fellowship (ISRF) (re-announced)

Indian Science and Research Fellowship (ISRF) (re-announced)

 

އިންޑިޔާ ސަރުކާރުގެ ފަރާތުން ހިންގާ އިންޑިޔަން ސައެންސް އެންޑް ރިސާރޗް ފެލޯޝިޕް (އައި.އެސް.އާރް.އެފް) ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިފެލޯޝިޕްގެ ދަށުން، ދިވެހި ރިސާރޗަރުންނާއި ސައިންޓިސްޓުންނަށް އިންޑިޔާގެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީތަކާއި ތަޢުލީމީ ޔުނިވަރސިޓީ ތަކުގައި، އިންޖިނިއަރިން އާއި ސިއްޙީ ދާއިރާ ހިމެނޭހެން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ރިސާރޗްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިފެލޯޝިޕްގެ މުއްދަތަކީ 3 މަހާއި 6 މަހުގެ މުއްދަތެވެ.

 

މި ފެލޯޝިޕަށް އެދި ހުށަހެޅުމުގެ ފަހު ތާރީޚަކީ 15 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 12:30 ގެ ކުރިންނެވެ. މިފެލޯޝިޕަށް އެދި ހުށަހަޅާނީ އިންޑިޔާގެ ޑިޕާޓްމެންޓް އޮޕް ސައެންސް އެންޑް ޓެކްނޮލޮޖީއިން ޝާއިޢުކޮށްފައިވާ ފޯމެޓަށް މި މިނިސްޓްރީއަށެވެ. އެގޮތުން، މިޢިއުލާނުގައި ހިމެނޭ ލިންކްގައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، އެއާއިއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް 15 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށް އީމެލް ކުރައްވާނީއެވެ. މިފެލޯޝިޕުގައި ދެވޭނީ އެންމެ ގިނަވެގެން 10 ފަރާތަށެވެ. މިފެލޯޝިޕާއި ގުޅޭ އިތުރު މައުލޫމާތު، ތިރީގައިވާ ލިންކްގައިވާ ލިޔުންތަކުން ލިބިލައްވާނެއެވެ. 

 

https://drive.google.com/drive/u/1/folders/1lDcxkSWlpwWp0NAj238T3LdgvhuBBeNG

 

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 15 ނޮވެމްބަރ 2022 ގެ 12:30 ނިޔަލަށް                             

31 އޮކްޓޫބަރު 2022
ހޯދާ