ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ޕޭސްޓް އެންޑް ޑެކެރޭޝަން ކޯހެއް ހިންގުމަށްޓަކައި ބައިވެރިވުމުގެ ފުޞަތު ހުޅުވާލުން

ބާރަށު އަންހެނުންތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މިރަށުގައި ޕޭސްޓް އެންޑް ޑިކެރޭޝަން ކޯހެއް 2022 ނޮވެމްބަރުމަހު ތެރޭގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކޯސް ހިންގޭނީ މަދުވެގެން 20 ބައިވެރިން ލިބިގެންނެވެ. އަދި މި ކޯހުގެ ފީއަކީ -/1500 ރުފިޔާއެވެ. އަދި މިކޯހުގައި ބައިވެރިވެވޭނީ ކޮންމެ ބައިވެރިއަކު -/750 ރުފިޔާ ދައްކައިގެންނެވެ.  ދެބައިކުޅަ އެއްބަޔަށްވާ -/750 ރުފިޔާ ދައްކާނީ ކޮމިޓީގެ ބަޖެޓުންނެވެ.

                   ވީމާ، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހއ. ބާރަށު ކައުންސިލް އިދާރާއިން ދޫކުރާ " ޕޭސްޓް އެންޑް ޑެކެރޭޝަން ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް" ނަންގަވާ ފުރުއްވުމަށްފަހު 07 ނޮވެމްބަރ 2022 ދުވަހުގެ 13.00 ގެ ކުރިން ހއ. ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

          

                    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                    06 ރަބީޢުލްއާޚިރު 1444

                    31   އޮކްޓޯބަރ  2022

31 އޮކްޓޫބަރު 2022
ހޯދާ