ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ދަނބިދޫގެ މަސްމާރުކޭޓް މަރާމާތު ކުރުމުގެ މަސައްކަތް

ލ.ދަނބިދޫ މަސްމާރުކޭޓް، ދަނބިދޫ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ނޮވެމްބަރ 2022 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕް އާއިއެކު ބީލަން ފޮތުގެ އަގު -/300 ރުފިޔާ މި ކައުންސިލްގެ އެކައުންޓްއަށް ޖަމާ ކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް  ބީލަންފޮތް މެއިލް ކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 08 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 މިއިދާރާގައެވެ. މި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

އެކައުންޓް ނަން: 1447 REVENUE 1

އެކައުންޓް ނަންބަރު:7707-700475-001

ތަފްސީލު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

08 ނޮވެމްބަރ 2022 އަންގާރަ

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

17 ނޮވެމްބަރ 2022 ބުރާސްފަތި

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ބިޑް ޕްރޮޕޯސަލް އާއިއެކު ހުށަހަޅަން ވާނެއެވެ. މި ސެކިޔުރިޓީ ވާންވާނީ ދިވެހިރާއްޖޭގައި ޤާއިމް ވެފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ގެރެންޓީ އަކަށެވެ. ހުށައަޅަންވާނީ ބިޑް ސެކިއުރިޓީގެ އަސްލެވެ.

 

ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކާއި، ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އަދި ދަންނަވަމެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800864 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 އޮކްޓޫބަރު 2022
ހޯދާ