މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުމާބެހޭ

 ނީލަންކިޔުމާބެހޭ:

މި ކައުންސިލްގެ އިދާރާގެ، ބެލުމުގެ ދަށުގައި ހުރި، ތިރީގައި މަޢޫލޫމާތު ދީފައިވާ ތަކެތި ނީލަން ކިޔުން، 05 ނޮވެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި މިރަށު ރަށްވެހީގައި އޮންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2022 އިން 02 ނޮވެމްބަރު 2022 އާއި ދެމެދު ރަސްމީ ގަޑީގައި މި އިދަރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރު 7470014 އަށް ގުޅުއްވައި، ނަންނޯޓު ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، ނީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

މި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން އެއްރުފިޔާއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 06 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތިހުރި ސަރަހައްދުން ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެއްޗަށްވާ ފައިސާ، 07 ނޮވެމްބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އާ 11:00 ދެމެދު މި ކައުންސިލްގެ އިދާރާއަށް، ދައްކަވައި ނިންމަންވާނެއެވެ.

ނީލަމުން ނަންގަވާ ތަކެތި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާނަމަ، އެތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަމަށާއި، އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ނީލަމުންނެގި ތަކެތި ގެންގޮސަފައިވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ނީލަންކިޔާ ތަކެތީގެ ލިސްޓް

ބާވަތް

3 އެގްޒެކްޓިވް ޗެއަރ

2 އަތްގަނޑުލީ ޕްލާސްޓިކް ގޮނޑި

1 ފޫޓް ފީތާ

1 ޕްރޮޖެކްޓަރ

6 ފެން އިސްކުރު

1 ލައިޓް

14 ޕެކެޓް ޕްލާސްޓިކު ސަމުސާ

5 ޕެކެޓް ޕްލާސްޓިކު އޫ

130 ޕެކެޓް ޕްލާސްޓިކު ފެންބޯ ތަށި

1 އައިސް އަލަމާރި

24 ދިދަ

2 މޭޒު

2 ޑެސްކް

1 ޑަސްބިން

4 މުސައްލަ

8 ބައިސްކަލް ހަން

1 ލައިޓް

39 ޑައުންލައިޓް ހޯލްޑަށް

6 ޕްލައިވްޑް ފިލާ 3 އެމް.އެމް

24 1/2 އިންޗި ޓީ

22 1/2 އިންޗި އެލްބޯ

59 1/2 އިންޗި އެސްލޯން ހޮޅިބުރިތަކެއް

1 ގަޑި

1 ކެމެރާ

2 އެމްޕްލިފަޔާރ

1 ރައުޓަރ

1 ޑީވީއާރު

13 ރަށުފޯނު  

2 ޕްރިންޓަރ

1 ޕަވަރ ސަޕްލައި

1 ޕޯޑިއަމް މައިކު

1 ހާޑު

1 ސްޕީކަރު ސެޓް

1 ޑިޖިޓަލް ގަޑި

1 ކީބޯޑު

7 ސީލިނގ ފަންކާ

4 ކޮމްޕިޔުޓަރ ސިސްޓަމް

ޖާޒީ

31 އޮކްޓޫބަރު 2022
ހޯދާ