ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
މެކްބުކް ޕްރޯ ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރ (IUL)164-PRO/1/2022/120 އޮކްޓޯބަރ 25 އޮކްޓޯބަރ2022) ބާތިލް ކުރުމަށް ފަހު އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލުން

މެކްބުކް ޕްރޯ ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރ(IUL)164-PRO/1/2022/120

(25 އޮކްޓޯބަރ 2022) އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލުން

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ޑިޖިޓަލް އައިޑެންޓިޓީގެ އައި.އޯ.އެސް މޯބައިލް އެޕްލިކޭޝަން ހެދުމަށް ބޭނުންވާ މެކްބުކް ޕްރޯ ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރ () (IUL)164-PRO/1/2022/12025 އޮކްޓޯބަރ 2022) ސްޕެސިފިކޭޝަން އަށް ކުޑަ ބަދަލެއްގެނެވިފައިވާތީ

(IUL)164-PRO/1/2022/120  އ 25 އޮކްޓޯބަރ 2022) އިޢުލާން

އަދި (IUL)164-PRO/1/2022/123 

(30 އޮކްޓޯބަރ 2022) އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ބަންދު ދުވަސްތައް ނުހިމަނާ އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:10ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް އެޑްރެސް:[email protected]

 ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

30 އޮކްޓޫބަރު 2022
ހޯދާ