އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

   ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން  A ކެޓަގަރީގައި ހިމެނޭ 27 ފްލެޓަށް އެދުމުގެ ފުރުޞަތަށް ހުޅުވާލުމަށް ކުރެވުނު އިޢުލާން ނަންބަރު:  (IUL)426-AB/426/2022/43 އިޢުލާނާއެކު އާންމުކުރެވުނު އުޞޫލަށް މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލަފާގެ މަތިން ބަދަލުގެނެވިފައިވާތީ އެ އިޢުލާން ގެ ދަށުން A ކެޓަގަރީއަށް ހުށަލެޅިފައިވާ ފޯމްތައް ބާތިލްކޮށް އަލުން A ކެޓަގަރީގައި ހިމެނޭ 27 ފްލެޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.  

ކެޓަގަރީ

ޚާއްޞަކުރެވޭ ރަށް / އަވަށް

ފްލެޓްގެ ޢަދަދު

A

ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް

27

  މި ފްލެޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު އަދި ފްލެޓްގެ ފްލޯރ ޕްލޭން ހިމެނޭ ކުރެހުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

  ވީމާ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު،  30 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

  ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށެވެ. ތިރީގައި މިވާ އީމެއިލް މެދުވެރިކޮށް، އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓްގައި ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމުތައް ލިބުނުކަން ކަށަވަރުކުރުމަކީ ހުށަހަޅުއްވާ ފަރާތެއްގެ ޒިންމާއެކެވެ.   

  މިކަމަށް އެދޭ ފޯމު ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.adducity.gov.mvއިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

  • އީމެއިލް އެޑްރެސް: [email protected]
  • އިތުރު މަޢުލޫމާތު: 6894655

   ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

05 ރަބީޢުލްއާޚިރާ 1444

30 އޮކްޓޯބަރ  2022

30 އޮކްޓޫބަރު 2022
ހޯދާ