ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުސަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ލީޑިންގ ޓީޗަރ (ޕްރައިމަރީ ޑިޕާޓްމަންޓް)

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  އެކަޑެމިކް

ވަޒީފާ އޮތް އޮފީސް: ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ

ސަރވިސް އެލަވަންސް: 2500.00 ރުފިޔާ

ޓެނުއަރޝިޕް އެލަވަންސް: 1000.00 ރުފިޔާ

ވަޒީފާގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

އަސާސީ މުސާރަ

ޓްރެއިންޑް ލީޑިންގ ޓީޗަރ

MS1

 

ޓީޗިންގ ސަރވިސް އޮފިސަރ 2

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/5610 ރުފިޔާ

ގްރެޖުއޭޓް ލީޑިންގ  ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/6295 ރުފިޔާ

ކޮލިފައިޑް ލީޑިންގ ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035 ރުފިޔާ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7875 ރުފިޔާ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/8835 ރުފިޔާ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/9890 ރުފިޔާ

ސީނިއަރ ލީޑިންގ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/11065 ރުފިޔާ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/12400 ރުފިޔާ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/13890 ރުފިޔާ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/15560 ރުފިޔާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުގެ ލަފާގެ ދަށުން ހަވާލުކުރެވިފައިވާ ގްރޭޑްތަކުގެ އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.
  2. ހަވާލުކުރެވޭ ގްރޭޑާއި ޑިޕާޓްމަންޓުގެ ޓީޗަރުންގެ މަސައްކަތް ރާވައި ބެލެހެއްޓުން.
  3. ލީޑިންގ ޓީޗަރުގެ ހައިސިއްޔަތުން ޑިޕާޓްމަންޓުގެ ޓީޗަރުންގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ޑިޕާޓްމަންޓް މީޓިންގތައް ބޭއްވުމާއި، ސްކީމްތައް ރޭވުމާއި، ކުލާސްތައް އޮބްޒާވްކޮށް، ޓީޗަރުންނަށް ފީޑްބެކް ދިނުމާއި، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  4. ގްރޭޑް ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކްލާސް ރަޖިސްޓަރީތަކާއި، ކްލާސް ރެކޯޑްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތަކުގެ އިރުޝާދު، މުދައްރިސުންނާއި ދަރިވަރުންނަށް ދިނުން.
  5. ގްރޭޑްގެ އިމްތިޙާނުތަކާއި، އިމްތިޙާނުތަކުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
  6. ސްކޫލުގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޕްރިންސިޕަލަށް ލަފާދީ، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެ، ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.
  7. ހަވާލުކުރެވޭ ގްރޭޑުގެ ހުރިހާ ދަރިވަރުންނަކީވެސް އަހަރު ނިމޭއިރު ބޭސިކް ލިޓްރަސީއާއި ނިއުމަރަސީ ސްކިލްސްތައް ހާސިލުކުރެވިފައިވާ ދަރިވަރުންތަކެއްކަން ކަށަވަރުވުން.
  8. ދަރިވަރުންގެ ތަފާތު ހުނަރު ތަރައްޤީކުރުމަށް އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން.
  9. ދަރިވަރުން ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، އެކަންކަމުގައި ދަރިވަރުންނާއި މުދައްރިސުންނަށް އެހީތެރިވުން.
  10. ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ފޯރުވައިދޭންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާގޮތެއްގައި ފޯރުވައިދިނުން.
  11. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  12. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.
  13. ރިޕޯޓުކުރާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާ ފޯމުތައް ފުރައި، ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.
  14.  ސްކޫލުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެގޮތުން ރާވާ އެންމެހައި ކަންތައްތަކެއްގައި އިސްވެ ހަރަކާތްތެރިވުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއުކޮށްގެން.
  4. ކޮމްޕިއުޓަރަށް / އައި.ސީ.ޓީ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

  1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  2. މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
    1. އިންޓަވިއު އޮންނާނީ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ).

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
    1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)
    2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް
    3.   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
    4. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
    5. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުން.
    6. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ.
    7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 19 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 7952914 ފޯނަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ.

12 މުޙައްރަމް 1436

 

05 ނޮވެންބަރު 2014
ހޯދާ