ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
02 ލިފްޓް ސަރވިސްކޮށް މެއިޓަނަންސް ކުރުމުގެ، އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނައުމާއި ގުޅޭ

02 ލިފްޓް ސަރވިސްކޮށް މެއިޓަނަންސް ކުރުމުގެ، އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނައުމާއި ގުޅޭ

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި ހަރުކޮށްފައިވާ 02 ލިފްޓް ސަރވިސްކޮށް މެއިޓަނަންސް ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރ (IUL)164-PRO/1/2022/121 (25 އޮކްޓޯބަރ 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނެވިފައިވާތީ އެކަން އާންމުކޮށް އިޢުލާން ކުރަމެވެ.

 

ބީލަން  ހުށަހަޅާނީ 08 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަންއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަންބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:10ގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ޙާޟިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

މިޢިޢުލާން އާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

30 އޮކްޓޫބަރު 2022
ހޯދާ