މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

ވޯރޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނު

ހަވާލުކުރެވޭ ޒިންމާ

ވޯޑް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް) 

ގިންތި:

ދާއިމީ

ހަވާލު ކުރެވޭ މުއްދަތު:

 2 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް / މ. މުލި

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކައް 124/- (ސަތޭކަ ސައުވީސް ރުފިޔާ)

މައިގަނޑު މައްސޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ދިނުމާއި ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދިނުމަށް ނަރުހުންނަށް އިރުޝާދުދިނުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  3. ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށް،ހޮސްޕިޓަލްގެ ވެރިންނަށް އަދި ކަމާގުޅޭ އެހެނިހެން މުވައްޒަފުންނަށް އެންގުމާއި، އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
  4. ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގ އާއި ބެހޭ ކަންތައްތައް ޙައްލުކުރުމާއި އެހެނިހެން ކަންތައްތައް ނާރސިންގ ޑިޕާރޓްމަންޓާއި ހޮސްޕިޓަލްގެ ވެރިންނަށް އެންގުން.
  5. ނާރސިންގ އާއިބެހޭ ޕޮލިސީތައް ރޭވުމުގައި އަދި ނާރސިން ސަރވިސަސްއާއި ބެހޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުން.
  6. ބަލިމީހާއާއި ބަލިމީހާގެ އެހީތެރިންނަށް ބައްޔާބެހޭ ގޮތުން އޮޅުން ފިލުވަދޭންޖެހޭ އެންމެހާ މަޢުލޫމާތު ރަނގަޅަށް އޮޅުން ފިލުވައިދޭތޯ ކަށަވަރުކުރުން.
  7.  ޑިއުޓީ ފެށުމުގެކުރިން އިންވެންޓްރީ ނަގައި ނާރސިންކެއާރ ދިނުމަށް ބޭނުންވާނެ ސެޓަޕް ޤާއިމްކުރުން. އަދި ޚިދުމަތަށް ބޭނުންވާ އެއްވެސް އެއްޗެއް މަދުވާނަމަ ޝިފްޓް އިންޗާރޖަށް އަންގާ ހަމަކުރުން.
  8.  މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި ޚާއްޞަ ގޮތެއްގައި ކޮމްޕްލިކޭޓް ކޭސްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، މަސައްކަތްކުރުން.
  9.  ހޮސްޕިޓަލުގައި ބޭނުންކުރާ އިންސްޓްރޫމަންޓް ޤަވާޢިދުން ސްޓެރިލައިޒްކޮށް ބެލެހެއްޓުން.
  10.  ނާރސިންގގައި ބޭނުންކުރާ ކޮންސިއުމަބަލްސް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފުކުޑަކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.
  11.  ޑިއުޓީ ގަޑީގައި މަސައްކަތް ކުރައްވާ ނަރުހުންނާއި އެޓެންޑެންޓުންގެ މަސައްކަތްތައް ސުޕަރވައިޒް ކުރުން.
  12.  ބަލިމީހާ އިތުރުފަރުވާޔަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ޒިންމާދާރުގޮތެއްގައި ދަތުރުގެ ބައިވެރިޔާގެ އިންތިޒާމްތައް ހަމަޖައްސައި ޗެކްކުރެވޭނެ މާޙައުލެއް ޤާއިމްކޮށް، އަދި ދަތުރު އިންތިޒާމުކުރާ ހޮސްޕިޓަލުގެ މުވައްޒަފާއި ދެމެދު ކޯޑިނޭޓްކޮށްގެން ދަތުރަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސޭނެ މާޙައުލެއް ޤާއިމްކުރުން.
  13.  އެއްޑިއުޓީއިން އަނެއް ޑިއުޓީއަށް ބަދަލުވާއިރު ބަލިމީހުންނާބެހޭ އެންމެހާ މަޢުލޫމާތު ޑިއުޓީއާ ޙަވާލުވާ ނަރުހުންނަށް ސާފުކޮށް އޮޅުންފިލުވައި ދިނުން.
  14.  ތަނުގައި އިންފެކްޝަން ކޮންޓުރޯލް މާޙައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، ބަލިމީހުންގެ އެހީތެރިން ޒިޔާރަތްކުރުމުގެ ގޮތުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މިގޮތުން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް އަދަބު އިޙްތިރާމާއެކު މުޢާމަލާތުކޮށް މިފަދަ މާޙައުލެއް ޤާއިމްކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.
  15.  ނާރސިންގ ޑިޕާރޓްމަންޓުގައި ބޭނުންކުރާ މެޑިކަލް ކޮންސިއުމަބަލް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފުކުޑަކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.
  16. ބަލިމީހުންނަށް ހޮސްޕިޓަލުގެ އިމަރޖެންސީ ސްޓޮކުން ބޭނުންކުރާ ބޭސްފަދަ ތަކެތި ބަލިމީހުންގެ އަތުން ހޯދާ ސްޓޮކް ހަމަކުރުން.
  17. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއިއެކު ބައިވެރިވުން.
  18. ނާރސިންގ ޑިޕާރޓްމަންޓުގެ ޑިއުޓީ ރޯސްޓާރ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ތައްޔާރުކުރުމަށްފަހު ޑިއުޓީތައް ސިސްޓަމަށް އެންޓާކުރުން.
  19. ނަރސިންގ ސަރވިސަސް އާއި ގުޅުން ހުރި އެންމެހައި އެސްއޯޕީތައް ތައްޔާރުކޮށް އިންޕްލިމެންޓް ކުރުން.
  20. ކޮންމެ މީލާދީ އަހަރެއް ފެށުމާއިއެކު ނާރސިންގ ޑިޕާރޓްމަންޓުގެ މުވައްޒަފުންގެ އަހަރީ ޓާގެޓް ކަނޑައެޅުމާއިއެކު މަންތްލީ ރިވިއު ފޯރމް ފުރުން.
  21. ކޮންމެ މީލާދީ އަހަރެއް ފެށުމާއިއެކު ނާރސިންގ ޑިޕާރޓްމަންޓުގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯރމް ފުރިހަމަކުރުން. އަދި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމަށްފަހު އެޗް.އާރު އާއި ޙަވާލުކުރުން.
  22. މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓްފަދަ ތަކެތި ކަމާބެހޭ ސެކްޝަނަކާ ގުޅިގެން ޙައްލުކޮށް، ނާރސިންގ ސާރވިސް  އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން.
  23. މީގެ އިތުރުން ވެސް ކުއްލިއަކަށް ދިމާވާކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި، އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެދިނުމާއި އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެންކުރާ މަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.
  24. ހޮސްޕިޓަލުގެ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

ޝަރުތު:

ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން މަތީ މަގާމެއްގައި ހުރި ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަގާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަށާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ފެންވަރި/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ،

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

  1. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ، ސެޓްފިކެޓްގެ ކޮޕީ،
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮއްފައިވާނަމަ، އަދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތި ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޔެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރަފަރެންސް ޖެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރެވޭ އުޞޫލުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވޯޑް މެނާޖަރުގެ ޒިންމާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2022 ވާ ދުވަހުގެ 14:00 ގެ ކުރިން މ.މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

ވޯޑް މެނާޖަރުގެ ޒިންމާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 13 ނޮވެމްބަރ 2022 އާއި 19 ނޮވެމްބަރ 2022 ދެމެދު މ.މުލީ ރީޖަނަލް ހޮސްޕިޓަލް ގައެވެ.  ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

ވޯޑް މެނާޖަރުގެ ޒިންމާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝަރުތުހަމަވާ އެއްމެފަރާތަކުން މި ޒިންމާއަށް ކުރިމަތި ލައަވާފިނަމަ، އިންޓަރވިއު އަދި އިމްތިހާނެއް ނޯންނާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި ހޮސްޕިޓަލުގެ ނޯޓިސް ބޯޑްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 67250632 އަށެވެ. އީ-މެއިލް ކުރާނ [email protected] އަށެވެ.

27 އޮކްޓޫބަރު 2022
ހޯދާ