މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުއްދަތު ހަމަވެފައިވާ ކުލީބިންތަކާއި ގުޅޭ:

އިޢުލާން

 (IUL)307/INDIV/2022/72 :ނަންބަރު

މުއްދަތު ހަމަވެފައިވާ ކުލީބިންތަކާއި ގުޅޭ:

ރ. އިންނަމާދޫގެ ސިނާއީ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ސިނާއީ އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ކުލީ  ބިންތަކުގެ މައްސަލާގައި މި ކައުންސިލްގެ 4 ވަނަ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާގޮތް އެންމެހާ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ހިއްޞާކުރަމެވެ.

އެގޮތުން، ދެންނެވުނު ބައްދަލުވުމުގައި ނިންމާފައިވަނީ، ލޭންޑްޔޫސް ޕްލޭންގައި، ހުސްކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް، ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި މުއްދަތު ހަމަވެފައިވާ ބިންތަކުގައި ފަށާފައިވާ މަސައްކަތްތައް ނިންމުމަށް އައު އެއްބަސްވުމެއްގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު ނުވާނެ މުއްދަތެއް ދިނުމަށެވެ.

ވީމާ، އެފުރުޞަތު ހޯދުމަށް، 30 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 07 (ހަތެއް) ދުވަހުގެ ތެރޭގައި، އެފަދަ ފަރާތްތަކުން ކައުންސިލަށް ހުށަހެޅުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި، ދެންނެވުނު ފުރުޞަތަށް އެދި ހުށަހަޅާ ފަރާތްތަކަށް، އެ ބިމަކަށް ނުދައްކާވާ ކުއްޔާއި ޖޫރިމަނާގެ، ފައިސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްކޮށް ދައްކާ ޚަލާސްކުރުމަށް އެންގުމަށާއި، ފުރުޞަތަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކަށް، އެ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރުމަށްވެސް ދެންނެވުނު ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

26 އޮކްޓޫބަރު 2022
ހޯދާ