މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ހޮޕާ ސަކްޝަން ޑްރެޖަރ - މަހާޖައްރާފު އަށް ބޭނުންވާ އިންޝުއަރެންސް ކަވަރ 2 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އެމްޓީސީސީގެ ހޮޕާ ސަކްޝަން ޑްރެޖަރ – މަހާޖައްރާފު އަށް ބޭނުންވާ އިންޝުއަރެންސް ކަވަރ 2 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

02 ނޮވެމްބަރ 2022

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

09 ނޮވެމްބަރ 2022

ބުދަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

26 އޮކްޓޫބަރު 2022
ހޯދާ