މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް

މި މިނިސްޓްރީން ފެށުމަށް ހަމަޖެހިފައިވާ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމުގެ ދަށުން ކުރެވޭ އިންސްޕެކްޝަން ދަތުރުތައް ކޮށްދޭނެ ސަފާރީއެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014
ހޯދާ