މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާނު

 

މަޤާމު:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-327866

ބޭނުންވާ އަދަދު:

1    

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މިނިމަމް ވޭޖް އެލަވަންސް: -/1828 ރުފިޔާ
  • ސަޕޯރޓިންގ ކޯ އެލަވަންސް 1: -/1200 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި މިނިސްޓްރީ ލައްޕަންޖެހިއްޖެ ހާލަތްތަކުގައި މިނިސްޓްރީ ހުޅުވާ ލެއްޕުމާއި އޮފީހުގެ ތަޅުތަދަޑިތައް ވެލާނާގެއިން ނަގާ އެތަޅުދަނޑިތައް ވެލާނާގޭގަ އަޅުވާ މިނިސްޓްރީ ހުޅުވާ ލައްޕާ ގަޑިތައް ނޯޓުކުރުމަށް ޚާއްސަ ކުރެވިފައިވާ ފޮތުގައި ލިޔެ ސޮއިކުރުން.  
  2.  މިނިސްޓްރީ ލެއްޕުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފު އޮފީސް ހުޅުވުމަށްފަހު  އޮފީހުގެ މީޓިންގ ރޫމުތައް، ރަނގަޅަށް ބަލާ ޗެކުކުރެއްވުމާއި، މީޓިންގ ރޫމު ހަޑިކޮން ހުރެއްޖެނަމަ މީޓިންގ ރޫމު ރީތިކޮށް ފެންކޫލަރުތަކުގަ ފެންހުރިތޯ ބަލާ ކޫލަރުތަކުގައި ފެންނެތްނަމަ ފެންފުޅިތައް ޖަހާ އަދި ސްޓޮކުގައި ފެންނެތްނަމަ އެކަން އެޑްމިންގެ ސަމާލުކަމަށް ގެނައުން.
  3.  މިނިސްޓްރީގ ލެއްޕުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފު އޮފީސްހުޅުވުމަށްފަހު ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތުގަ ކަރަންޓް،ފެން، ފަޔަރ، އަދި ބޮޑުދޮރުތަކުގެ އެއްވެސް މައްސަލައެއް ހުރިތޯ ރަނގަޅަށް ބަލާ ޗެކުކުރުން.
  4. ކޮންޓްރެކްޓް އުސޫލުން ގްރީންބިލްޑިން އިމާރާތް، ގޯޑައުން އިމާރާތް، އަދި NCIT އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތުން އެމަސައްކަތް ކުރަމުންދާއިރު އެމަސައްކަތް ބަލާ ސްޕަވައިޒުކުރުން.
  5.  މިނިސްޓްރީގެ އާއްމުސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތް އަދި NCIT ބައު އިމާރާތުގެ ވަށާ ބޭރު އަދި 3 އިމާރާތުގެ ބިއްލޫރިތައް މަދުވެގެން މަހަކު 1 ފަހަރު ހަޑިވިޔަނުދީ ފޮޅާ ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތް ލައްވާ ސާފުކުރުވުން. އަދި މިކަން ކޮންޓެކްޓް އެގުރިމެންޓާއި އެއްގޮތަށް ނުކުރާނަމަ އެޑްމިން ސެކްޝަނުގެ ސަމާލުކަމަށް ގެނައުން.  
  6.  ގްރީން ބިލްޑިންގ ގޯޑައުން ޢިމާރާތް އަދި NCIT ބައު ޢިމާރާތުގެ ގްރައުންޑް ދެވަނަ އަދި ތިންވަނަ ފަންގިފިލާ ގައި ހިމެނޭ AC  ، ފަޔަރ އެލާމް އަދި ލިފްޓަށް އެއްވެސް މައްސަލައެއް ދިމާވެފައި ހުރޭތޯ ދުވަހުން ދުވަހަށް ބަލާ އެއްވެސް މައްސަލައެއް ހުރެއްޖެނަމަ، އެކަން އެޑްމިން ސެކްޝަންގެ ސަމާލުކަމަށް ގެނައުން.
  7.  މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން އަދި ނައިބުން ފެންވަރުގެ ބޭފުޅުންނާއި ޕަރމަނަންޓް ސެކްރެޓެރީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ތަކާއި ގުޅިގެން އެއަރޕޯޓަށް ގެންދަންޖެހޭ ލަގެޖް ގެންދިއުމާއި ގެނައުން.
  8.  އެކިއެކި އޮފީސްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިއުންތައް ޙަވާލުކުރުމާއި އޮފީހުގެ އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ސިޓީ، ނޯޓް ކާރޑް އެހެނިހެން ތަކެތި ގެންދިއުމާއި ގެނައުން.  
  9.  އަލަށް ވައްދާ މުވައްޒަފުންނާއި، އެއް ސެކްޝަނުން އަނެއް ސެކްޝަނަށް އަދި ސެކްޝަނުގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭ މުވައްޒަފުންނަން ބޭނުންވާ ވޯރކްސްޓޭޝަން ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  10. މިނިސްޓްރީގެ އެތެރޭގެ އެންމެހާ ލައިޓްތަކާއި ބޭރުގެ ލައިޓުތައް ދިއްލާ ނިއްވުމާއި އޮފީހުގެ AC ތަށް ޖައްސާ ނިއްވުމުގެ ކަންތައް މެނޭޖުކޮށް ބެލެހެއްޓުން.
  11. މިނިސްޓްރީގެ އެތެރެ އާއި ބޭރުގެ ހަރުކޮށްފައިހުރި ލައިޓްތައް ބަރާބަރަށް ދިއްލޭތޯ ބެލުމާއި ލައިޓެއް އަދައިފިނަމަ އެލައިޓެއް ފަސޭހައިން ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ނުލާ ހަރުކުރެވެން ހުރިނަމަ އެލައިޓެއް ހަރުކުރުން.
  12. މިނިސްޓްރީގެ ފަރާތުން މާލެއާއި ރާއްޖެތެރޭގެ އެކިރައްރަށުގައި ބޭއްވޭ ރަސްމިއްޔާތު ތަކާއިގުޅިގެން އެތަންތަނަށް ފޮނުވަންޖެހޭތަކެތި އުޅަދަކަށް ލާންޖެހިއްޖެނަމަ އެމަސައްކަތުގައި އެހީތެރިވެދިނުމާއި އަނބުރާ ގެނައުމުން އެތަކެތި އޮފީހަށް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އެހީތެރިވެދިނުން.
  13. މިނިސްޓްރީގެ އެއްގަމު އުޅަދާއި ކަނޑު އުޅަދުފަހަރުގެ ރޯޑުވާދިނަސް ހެއްދުމަށް ގެންދަންޖެހޭ ތަންތަނަން ގެންދިއުމާއި އެއުޅަދުތަކުގެ އަހަރީފީ އާއި އިންސުއަރެންސް ހެއްދުމުގައި އެހީތެރިވެދިނުމާއި އެއިން އުޅަދެއް ފަޅުތެރޭގަ އޮވެއްޖެނަމަ އުޅަދައް ވާނުވާ ބެލެހެއްޓުން.
  14. މިނިސްޓްރީގެ ޕަންޕުރޫމު،ޕެނަލްރޫމު،ގަރާޖު،އަދި ސްޓޮކްރޫމުތައް ތަރުތީބުކޮށް ބެލެހެއްޓުމުގައި ޖެނެރަލް އެޑްމިން ޔުނިޓް އަދި ލޮޖިސްޓިކް ޔުނިޓަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުން ދިނުން.
  15. މިނިސްޓްރީގެ ޒީނަތްތެރިކަމަށް މިނިސްޓްރީގައި ގެންގުޅޭ ގަސްތަކަށް ފެންދިނުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތްލައްވާ އެމަސައްކަތް ކުރުވުމާއި ގަސްތަކަށް އަންނަމުންދާ ބަދަލްތައް ކަމާއި ގުޅުންހުރި އިސްވެރިންގެ ސަމާލުކަމަށް ގެނެސް ގަސްތައް ރީ ޕްލާންޓް ކުރަންޖެހޭ ހާލަތްތަކުގައި އެމަސައްކަތް ކުރުން.
  16. ސިވިލްސަރވިސް ޤަވައިދާ އެއްގޮތަށް ކުރެވޭ މަސައްކަތްތައް ދުވަހު ރިކޯރޑް ފޮތުގައި ލިޔެ ސްޕަވައިޒަރ ލައްވާ ސޮއިކުރުވުން.   
  17. މިނިސްޓްރީން އެކި އެކި ކަންކަމާއިގުޅިގެން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.
  18. ދިވެހިރާއްޖޭގެ ޤާނޫނާއި ސިވިލްސަރވިސް ޤަވައިދާ ޚިލާފު ނުވާ މަސައްކަތްތައް އޮފީހުގެ އިސްވެރިން އަންގަވައިފި ހިނދެއްގައި ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ލިޔަން ކިޔަން އެގުން. ނުވަތަ،

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ޙާޞިލުކޮށްފައިވުން.  

ތަޢުލީމީ ރޮނގު(ތައް):

  • ނެތް

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

ކޯ ޑިސިޕްލިން(ތައް):

  • ނެތް

ގުޅޭވަޒީފާގެ ދާއިރާތައް:

  • ފޮޅާ ސާފުކުރުން.

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • ފޮޅާ ސާފުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ނޮވެމްބަރ 2022 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. އަދި މިނިސްޓްރީގެ އީ-މެއިލް އެޑްރެސް: [email protected] އަށް ވަޒީފާއަށް ހުށަހަޅާ ލިޔުންތައް މެއިލްކޮށްލެވޭނެއެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 15 ނޮވެމްބަރ 2022 އާއި 28 ނޮވެމްބަރ 2022 އާއި ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018326،3018328 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

26 އޮކްޓޫބަރު 2022
ހޯދާ