ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ލޯ ފާރމެއްގެ އެހީތެރިކަން ބޭނުންވެގެން

މި އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފުޓްބޯޅައިގެ މައިއިދާރާ ފީފާއިން އަންގާފައިވާތީ، މިއެސޯސިއޭޝަންގެ އަސާސީ ގަވާއިދު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިއެސޯސިއޭޝަނަށް ލޯ ފާރމެއްގެ އެހީތެރިކަން ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހު މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން ދެންނެވީމެވެ.

09 ނޮވެންބަރު 2014
ހޯދާ