ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެލަމްނައި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެކުލަވާލުން 2022

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައި އެސޯސިއޭޝަންގެ މަޤްޞަދަކީ، އެހީތެރިކަމާއި އުޚްވަތްތެރިކަމާއި ވަފާތެރިކަމުގެ ރޫޙް ދަސްވެނީންގެ މެދުގައި އާލާކުރުމާއި ޔުނިވަރސިޓީގެ ހައިބަަތާއި ކަރާމަތާއި މަސްލަޙަތާއި ބޭނުންތެރިކަން ކުރިއެރުވުމާއި ޔުނިވަރސިޓީގެ ލާބައަށް މަސައްކަތް ކުރުމާއި މި މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެކުގައި ޙަރަކާތްތެރިވުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައި އެސޯސިއޭޝަންގެ ގަވާއިދު، ޔުނިވަރސިޓީ ކައުންސިލުން އިޞްލާޙްކުރުމާއި ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވާލުމަށް ބޭނުން ވެއެވެ. މި ކޮމިޓީގައި ހިމެނެނީ އެސޯސިއޭޝަންގެ ރައީސް އާއި އިތުރު 6 މެންބަރުންނެވެ. މި މެންބަރުން ޢައްޔަނު ކުރާނީ، އެސޯސިއޭޝަންގެ އާންމު ޖަލްސާއެއްގައެވެ.

އިންތިޚާބު ކުރެވޭ މަޤާމް ތަކަކީ، ރައީސް އާއި ހިންގާ ކޮމިޓީގެ 6 (ހައެއް) މެންބަރުންނެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، 06 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ 14:00 ގެ ކުރިން، މިލިންކް (https://bit.ly/3N2bakY) ގައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.

ކޮމިޓީ އެކުލަވާލުމަށް ބާއްވާ އާންމު ޖަލްސާ އޮންނާނީ، 09 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގައި ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމް ގައެވެ. ޖަލްސާގައި ބައިވެރިވެވޭނީ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީވާ (އެސޯސިއޭޝަންގައި ރަޖިސްޓްރީވާ ފޯމް: https://bit.ly/3GyzGaa ) ފަރާތަކަށް ކަމުގައި ދަންނަވަމެވެ. މި ޖަލްސާއަށް އެސޯސިއޭޝަންގެ ހުރިހާ މެންބަރުން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުންނާއި ފޯނު ނަންބަރު 3345172 ލިބޭނެއެވެ.

27 رَبِيع ٱلْأَوَّل 1444

25 އޮކްޓޫބަރު 2022
ހޯދާ