ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ރޫމް ބޮޑުކުރުމާއި މަރާމާތުކުރުމާއި ކޯޓު ޢިމާރާތާއި ބޭރުފާރުތަކުގައި ކުލަޔާއި ދަވާދުލުމަށް

ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމް ބޮޑުކުރުމާއި މަރާމާތުކުރުމާއި ކޯޓު ޢިމާރާތާއި ބޭރުފާރުތަކުގައި ކުލަޔާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ނޮވެންބަރު 2014 ދުވަހުގެ 11:00 އަށް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ނޮވެންބަރު 2014 ދުވަހުގެ 11:00 އަށް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

18 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ