ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ

މަޤާމު

ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ސައިކޮލޮޖީ ނުވަތަ ސޯޝަލް ވާރކް ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި އެފަރާތްތަކަށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުން
  3. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު އެއްކޮށް ދިރާސާކުރުން
  4. ގެވެށި އަނިޔާ ހުއްޓުވުމަށް އެޑްވަކޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވުން
  5. މި އޮތޯރިޓީއިން ހިންގަންޖެހޭ ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން
  6. ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އެކިއެކި ޕްރޮގުރާމުތައް ރާވައި ހިންގުމާއި އެހީތެރިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5. މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަ ކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1. މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

2. މި މަޤާމަށް މީހަކު ހޮވުމުގައި ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

3. މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީ އާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

4. މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 18 ނޮވެންބަރު 2014 ވަނަދަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑު ކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ