ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުމުއްދަތަށް ދޫކުރެވިފައިވާ ދަނޑުބިންތަކާއި ގުޅޭ

ދ.މީދޫ އިން ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކަކީ ދ.މީދޫ ކައުންސިލާއި ބިންހަވާލުވި ފަރާތާއި ވެވުނު އެއްބަސްވުމެއްގެ ދަށުންދޫކުރެވުނު ބިންތަކެކެވެ. އަދި މިދަނޑުތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެއްބަސްވުން އައު ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކުގެ އެއްބަސްވުން އައު ކުރެވޭނީ، ދަނޑުތަކުގައި މަސައްކަތް ކުރެވެމުންދަނީ މިކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށްތޯ ބަލާ ޗެކްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ. އަދި ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކުގެ އެއްބަސްވުން އައު ކުރަން ބޭނުންނުވާ ފަރާތްތަކުންވެސް އެކަން މިކައުންސިލަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް ދޫކޮށްލެވޭ ބިންތައް މިކައުންސިލާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސާފްކޮށް، ބިން ކައުންސިލާއި ޙަވާލުކުރަންޖެހޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

      ވީމާ، މިރަށުން ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ފަރާތްތަކުން، 15 ނޮވެމްބަރ 2022ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ ނަންބަރު 6760042އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި އެއްބަސްވުން އައު ކުރުމަށް ހުށަނާޅާ ފަރާތްތަކުގެ ކުރުމުއްދަތަށް ދޫކުރެވިފައިވާ ދަނޑުބިންތަކުގެ އެއްބަސްވުން ބާޠިލްވާނެ ވާހަކަވެސް ދެންނެވީމެވެ.

24 އޮކްޓޫބަރު 2022
ހޯދާ