ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް.

މި އިޢުލާންވަނީ 25 އޮކްޓޫބަރު 2022 15:35 ގައި ބާތިލް ކުރެވިފައެވެ.


(IUL)258/258/2022/96ނަންބަރު:                                   

 

އިޢުލާން

    

ހަނިމާދޫގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

 

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ 3 (ތިނެއް) މިސްކިތައް ސައުންޑް ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  07 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

27 ރަބީޢުލްއައްވަލް 1444

23 އޮކްޓޯބަރ  2022

23 އޮކްޓޫބަރު 2022
ހޯދާ