މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 3 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

252396

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

މޮނިޓަރިންގ ޔުނިޓް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/7035ރ

ސަރވިސް އެލަވަންސް: -/3500ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  2. މި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ މި ދާއިރާގެ ފަންނީ ފަރާތްތައް މޮނިޓަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރެވޭ އަދި ބޭނުންކުރުމަށް ގެނެވޭ އެކިއެކި މެޓީރިއަލްސް ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  4. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާއިމުކުރެވިދާނެ ތަންތަން ހޯދުމަށް ރިސާރޗެއް ހަދައި، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  5. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކްކުރުމުގެ ތެރޭގައި މައްސަލައެއް ފާހަގަވެގެން އެޕްރޫވަލް ޔުނިޓުން ހުށަހަޅާ މައްސަލަތައް ބެލުން.
  6. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް "މައްސަލަ ބަލާ ތަޙުޤީޤު ކުރާ ކޮމިޓީ"ގެ ޒަރިއްޔާއިން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  7. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރުއާއި ރިވިއު ކުރާއިރު ކުރެހުންތައް މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ބޭނުންކުރެވޭ ސާމާނު މޮނީޓަރ ކުރުމުގައި ފާހަގަ ކުރެވޭ ކަންތައްތަކާއި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ޔުނިޓަށް ލަފާދިނުން.
  8. ސެކްޝަނުން ތައްޔާރުކުރާ އެންމެހައި ގަވާއިދުތަކާއި ކޯޑުގައި އަދި އެހެންވެސް އެފަދަ އެއްޗެހި ރިވިއު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން.  
  9. ސެކްޝަނުން ހަވާލު ކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން.     

މަޤާމު

އާކިޓެކްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 3 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

252398

ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޮނިޓަރިންގ ޔުނިޓް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/7035ރ

ސަރވިސް އެލަވަންސް: -/3500ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަސައްކަތާ ހަވާލުވެހުރި ވެރިއެއްގެ އިރުޝާދުގެ ދަށުން ތިރީގައި ލިސްޓު ކުރެވިފައިވާ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓައި، ރިޕޯޓު ކުރަން ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
  2. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި މަޝްވަރާ ދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ބަލަހައްޓައި، ހިންގުން. (މިނިސްޓްރީގެ މެންޑޭޓް ނަންބަރު 39)
  3. ޕްރޮފެޝަނަލް އިންޖިނިއަރުން އަދި އާރކިޓެކްޓުންގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް "ކޮލިޓީ ކޮންޓްރޯލް ޔުނިޓުން" ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  4. މިނިސްޓްރީ އަށް ހުށައެޅޭ ރަޖިސްޓްރޭޝަން އަށް އިވެލުއޭޝަން ހެދުން، އަދި ރަޖިސްޓަރ ވެފައިވާ ފަރާތްތައް މޮނިޓާރކޮށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  5. ހުށަހެޅޭ ކުރެހުންތަކަކީ މި ޑިވިޜަނުން އެކުލަވާލާ ތަސްދީޤު ވެފައިވާ ޤާނޫނު، ކޯޑްސް އަދި ސްޓޭންޑަރޑްސް އަށް ފެތޭ ކުރެހުންތަކެއްތޯ ބެލުން.
  6. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބަލައި މުޠާލިއާކުރުމުގައި "ކޮލިޓީ ކޮންޓްރޯލް ޔުނިޓުން" ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  7. އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން.
  8. މާލޭގައި ހިންގޭ ވާރކްޝޮޕްތައް، ރާއްޖެތެރޭގައި ހިންގޭ ވޯކްޝޮޕްތަކާއި ކޮންޓިނުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްސް.

މަޤާމު

އެސިސްޓެންޓް އާކިޓެކްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

252402

ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޮނިޓަރިންގ ޔުނިޓް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6295ރ

ސަރވިސް އެލަވަންސް: -/3500 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަސައްކަތާ ހަވާލުވެހުރި ވެރިއެއްގެ އިރުޝާދުގެ ދަށުން ތިރީގައި ލިސްޓު ކުރެވިފައިވާ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓައި، ރިޕޯޓު ކުރަން ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.
  2. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި މަޝްވަރާދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ބަލަހައްޓައި، ހިންގުން. (މިނިސްޓްރީގެ މެންޑޭޓް ނަންބަރު 39)
  3. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ޑިޒައިން ޗެކުކުރުމުގެ މަސައްކަތް މޮނީޓަރ ކޮށް ބެލެހެއްޓުން.
  4. ޕްރޮފެޝަނަލް އިންޖިނިއަރުން އަދި އާރކިޓެކްޓުންގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް "ކޮލިޓީ ކޮންޓްރޯލް ޔުނިޓުން" ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  5. މިނިސްޓްރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތައް މޮނިޓާރކޮށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  6. ހުށަހެޅޭ ކުރެހުންތަކަކީ މި ޑިވިޜަނުން އެކުލަވާލާ ތަސްދީޤު ވެފައިވާ ޤާނޫނު، ކޯޑްސް އަދި ސްޓޭންޑަރޑްސް އަށް ފެތޭ ކުރެހުންތަކެއްތޯ ބެލުން.
  7. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބަލައި މުޠާލިޢާކުރުމުގައި "ކޮލިޓީ ކޮންޓްރޯލް ޔުނިޓުން" ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  8. އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން
  9. މާލޭގައި ހިންގޭ ވާރކްޝޮޕްތައް، ރާއްޖެތެރޭގައި ހިންގޭ ވޯކްޝޮޕްތަކާއި ކޮންޓިނުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްސް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2014 ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ