މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ. އެކްސް 3 / ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

252395

ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

އިންޑަސްޓްރީ މޮނިޓަރިންގ ޑިވިޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/11065ރ

ސަރވިސް އެލަވަންސް: -/2000ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  6. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ކުރެހުންތައް ހުންނަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯބަލައި ޗެކުކުރުން.
  2. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޑިޒައިންކޮށްފައިވާ އެކަށީގެންވާ ފެންވަރަކަށްތޯ ބަލައި ޗެކުކުރުން.
  3. މިނިސްޓްރީއަށް ހުށަހެޅޭ ލަޔަބިލިޓީ ނަގާފައިވާ ކުރެހުން ޗެކުކުރާ ފަރާތްތަކުން ހުށަހަޅާ ކުރެހުންތައް ރޭންޑަމްކޮށް ޗެކުކުރުން
  4. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރު އާއި ރިވިއު ކުރާއިރު ރަޖިސްޓްރޭޝަން މަސައްކަތްތަކުގައި ދިމާވާ މައްސަލަތައް އައިޑެންޓިފައި ކޮށް، އެފަދަ މައްސަލަތަކައް ޙައްލެއް ގެނެވިދާނެ ގޮތަކާމެދު އަދި ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޓިވް ސެކްޝަނަށް ލަފާދިނުން.
  5. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރު އާއި ރިވިއު ކުރާއިރު ކުރެހުންތައް އެޕްރޫވް ކުރުމުގައި ދިމާވާ މައްސަލަތައް އައިޑެންޓިފައި ކޮށް، އެފަދަ މައްސަލަތަކައް ޙައްލެއް ގެނެވިދާނެ ގޮތަކާމެދު އަދި ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޓިވް ސެކްޝަނަށް ލަފާދިނުން.
  6. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ކުރެހުންތަކުގެ ޑޭޓާބޭސް އެއް ހަދައި، މަޢުލޫމާތު އެއަށްލައި ބެލެހެއްޓުން.
  7. ޙުއްދަ ދިނުމަށް ފަހު މިނިސްޓްރީއަށް ފޮނުވާ ޢިމާރާތްތަކުގެ ކުރެހުންތަކުގެ ޑޭޓާބޭސް އެއް ހަދައި، މަޢުލޫމާތު އެއަށްލައި ބެލެހެއްޓުން.
  8. މިނިސްޓްރީން ރަޖިސްޓަރ ކުރާ ފަންނީ ފަރާތްތަކުގެ ޑޭޓާބޭސް އެއް ހަދައި، މަޢުލޫމާތު އެއަށްލައި ބެލެހެއްޓުން.
  9. މިނިސްޓްރީން ރަޖިސްޓަރ ކުރާ ޢިމާރާތްކުރާ ފަރާތްތަކުގެ ޑޭޓާބޭސް އެއް ހަދައި، މަޢުލޫމާތު އެއަށްލައި ބެލެހެއްޓުން.
  10. މިނިސްޓްރީން ރަޖިސްޓަރ ކުރާ ޢިމާރާތްކުރާ ތަކެތީގެ ޑޭޓާބޭސް އެއް ހަދައި، މަޢުލޫމާތު އެއަށްލައި ބެލެހެއްޓުން.
  11. ރަޖިސްޓްރޭޝަން ނުވަތަ އެޕްރޫވަލް މައްސަލަތަކާ ގުޅޭގޮތުން އެހެން ޔުނިޓުތަކުން ފޮނުވާ މަޢުލޫމާތުތައް އެއްކޮށް ޑޭޓާބޭސް ގައި އެ މަޢުލޫމާތުތައް ހިމެނުން.
  12. ރަޖިސްޓްރޭޝަން ނުވަތަ އެޕްރޫވަލް މައްސަލަތަކާ ގުޅޭގޮތުން އެއްކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ރަޖިސްޓްރޭޝަން ނުވަތަ އެޕްރޫވަލް އަށް ބަދަލެއް އަންނާނެ ފަދަ މަޢުލޫމާތުތައް ރެޖިސްޓްރޭޝަން ޔުނިޓަށް ފޯރުކޮށްދިނުން.
  13. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައްބަލާ ތަޙުޤޤު ކުރުމަށް، ކޮލިޓީ ކޮންޓްރޯލް ޔުނިޓަށާއި "މައްސަލަ ބަލާ ތަޙުޤީޤް ކުރާ ކޮމިޓީ" އަދި އެހެން ކަންކަމުގައިވެސް އެހެން ޔުނިޓު ތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  14. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  15. މި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ މި ދާއިރާގެ ފަންނީ ފަރާތްތައް މޮނިޓަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންޓްރެކްޓަރުންގެ ފެންވަރާއި އެމީހުންގެ މަސައްކަތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  17. ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރެވޭ އަދި ބޭނުންކުރުމަށް ގެނެވޭ އެކިއެކި މެޓީރިއަލްސް ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  18. ޢިމާރާތްކުރުމާ ބެހޭ ޤާނޫނު ތަންފީޒުވުމާއެކު ޢިމާރާތްކުރުމުގެ ޙުއްދަ ދޫކުރާ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބެލުމާއި، އެ އިދާރާތަކުގައި ޙުއްދަ ދިނުމުގެ ކެޕޭސިޓީ ހުރި ވަރު ބަލައި މޮނީޓަރ ކޮށް، އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެ މަޢުލޫމާތު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ސެކްޝަނަށް އެންގުން.
  19. ރާއްޖެއިން ލިބެން ހުންނަ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ތެރެއިން ޢިމާރާތްކުރުމަށް ބޭނުންކުރުމަށް އެކަށޭނެ މެޓީރިއަލްސް ހޯދުމަށް ރިސާރޗެއް ހެދުން.
  20. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާޢިމުކުރެވިދާނެ ތަންތަން ހޯދުމަށް ރިސާރޗެއް ހަދައި، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  21. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކުކުރުމުގެ ތެރޭގައި މައްސަލައެއް ފާހަގަވެގެން އެޕްރޫވަލް ޔުނިޓުން ހުށަހަޅާ މައްސަލަތައް ބެލުން.
  22. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް "މައްސަލަ ބަލާ ތަޙުޤީޤް ކުރާ ކޮމިޓީ" ގެ ޒަރިއްޔާއިން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  23. "މައްސަލަ ބަލާ ތަޙްޤީޤް ކުރާ ކޮމިޓީ" ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  24. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލަމުންދިއުން.
  25. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރު އާއި ރިވިއު ކުރާއިރު ކުރެހުންތައް މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ބޭނުންކުރެވޭ ސާމާނު މޮނީޓަރ ކުރުމުގައި ފާހަގަ ކުރެވޭ ކަންތައްތަކާއި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ޔުނިޓަށް ލަފާދިނުން.
  26. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
  27. މި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ މި ދާއިރާގެ ފަންނީ ފަރާތްތައް މޮނިޓަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  28. މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންޓްރެކްޓަރުންގެ ފެންވަރާއި އެމީހުންގެ މަސައްކަތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  29. ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރެވޭ އަދި ބޭނުންކުރުމަށް ގެނެވޭ އެކިއެކި މެޓީރިއަލްސް ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  30. ޢިމާރާތްކުރުމާ ބެހޭ ޤާނޫނު ތަންފީޒުވުމާއެކު ޢިމާރާތްކުރުމުގެ ޙުއްދަ ދޫކުރާ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމާއި، އެ އިދާރާތަކުގައި ޙުއްދަ ދިނުމުގެ ކެޕޭސިޓީ ހުރި ވަރު ބަލައި މޮނީޓަރ ކޮށް، އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެ މަޢުލޫމާތު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ޔުނިޓަށް އެންގުން.
  31. ރާއްޖެއިން ލިބެން ހުންނަ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ތެރެއިން ޢިމާރާތްކުރުމަށް ބޭނުންކުރުމަށް އެކަށޭނެ މެޓީރިއަލްސް ހޯދުމަށް ރިސާރޗެއް ހެދުން.
  32. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާޢިމްކުރެވިދާނެ ތަންތައް ހޯދުމަށް ރިސާރޗެއް ހަދައި، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  33. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކުކުރުމުގެ ތެރޭގައި މައްސަލައެއް ފާހަގަވެގެން އެޕްރޫވަލް ޔުނިޓުން ހުށަހަޅާ މައްސަލަތައް ބެލުން.
  34. ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް "މައްސަލަ ބަލާ ތަޙްޤީޤް ކުރާ ކޮމިޓީ"ގެ ޒަރިއްޔާއިން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  35. "މައްސަލަ ބަލާ ތަޙްޤީޤް ކުރާ ކޮމިޓީ" ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  36. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލަމުންދިއުން.
  37. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރު އާއި ރިވިއު ކުރާއިރު ކުރެހުންތައް މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ބޭނުންކުރެވޭ ސާމާނު މޮނީޓަރ ކުރުމުގައި ފާހަގަ ކުރެވޭ ކަންތައްތަކާއި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ޔުނިޓަށް ލަފާދިނުން.
  38. ހިންގުމަށް ހަވާލުކުރެވޭ އެހެނިހެން މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްކުރުން.
  39. ދަށުން މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެ މުވައްޒަފުން މަސައްކަތްކުރާ ގޮތް ބަލައި މުވައްޒަފުން އެސެސްކުރުން.
  40. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
  6. ރަނގަޅަށް މުއާމަލާތް ކުރުމުގެ ހުނަރާއި އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
  7. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ