މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް  Data LAN POE switch އަށް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

 

2- ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2022 އޮކްޓޯބަރ 31ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  އަދި  ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ސާރވޭ ކުރަންބޭނުންވާ ފަރާތްތަކުން 2022 ނޮވެމްބަރ 01 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮތޯރިޓީ އަށް ވަޑައިގަތުމުން ސާރވޭ ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.

 

3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ނޮވެމްބަރ 06 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09::30 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ސެކަންޑް ފްލޯރ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

4- މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2022 އޮކްޓޯބަރ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2022
ހޯދާ