ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ށ.ކޮމަންޑޫ ސިއްހީމަރުކަޒުގެ އެސިސްޓެންޓް ކަސްޓަމާރ ސާވީސް އޮފިސަރ މަޤާމުގެ އިޢުލާން

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ  ( 06 މަސް)

މަޤާމުގެ ރޭންކު:

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ.ކޮމަންޑޫ ސިއްޙީމަރުކަޒު

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

 

 

އެހެނިހެން އެލަވަންސް:

  1. ސަރޕޯޓިންގ ކޯ އެލަވަންސް ގޮތުގައި ކޮންމެ މަހަކު 700 ރުފިޔާ
  2. ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
  3. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫންގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. މިނިމަމް ވޭޖް އެލަވަންސް.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާއްމުދަނީ ފައިސާރެކޯޑް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން
  2. އާއްމުދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ތިޖޫރީބާކީފޮތް ދުވަހުން ދުވަހަށްލިޔެ ބެލެހެއްޓުމާއި ތިޖޫރީބާކީ ރިޕޯޓް ކޮންމެ ހަފްތާއެއް ފެށޭ ދުވަހު ނިންމާ ސުޕަވައިޒަރ ސޮއި ކުރުވާ އަދި ކަނޑައެޅިފައިވާ އޮފީހަށް ފޮނުވުން.
  4. ބަޖެޓްގެ ސިޓީ މެސެޖު ފަދަ ތަކެތި އެޑްމިން އޮފިސަރ އަންގާގޮތެއްގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ބަޖެޓްގެ މަސައްކަތްތައް ސުޕަވައިޒަރގެ މަޝްވަރާއާއި އެހީތެރިކަމާއިކު ކޮށް ނިންމުން.
  6. އިތުރުގަޑީ ޝީޓް ޗެކްކުރުން.
  7. ފައިސާގެ ރިޕޯޓްތައް ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން ފޮނުވުން.
  8. މަރުކަޒަށް އަންނަ ބިލްތަކަށް ފައިސާ އެފަރާތާއި ހަވާލުކުރުމާއި ބިލްތައް ފައިލް ކުރުން.
  9. ފައިސާއާއި ބެހޭ އެހެނިހެން ކަންތައްތައް ކުރުން.

10. އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން. އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ނެތިއްޖެ ހާލަތެއްގައި އެމަސައްކަތްތައް ކުރުން.

11. ވަޒީފާގެ ގޮތުން މުވައްޒަފަށް އެންގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން.

12. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުން.

13. ޚާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މީގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އެޑްމިން ބައިން އަންގަވާ ކަންތައްތައް ކުރުން.

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

  1. ' ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސައްކަތު ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ސަރވިސް

ތައުލީމީ ރޮގުތައް:

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.) 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުމުން

30

ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ

5

އިންޓަރވިއުޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު

5

އިމްތިޙާނު

25

އިންޓަރވިއު

35

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ2022  ގެ 14:00 ގެ ކުރިން، ށ.ކޮމަންޑޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޚާނު އޮންނާނީ  01 ނޮވެމްބަރ 2022 އާއި 25 ނޮވެމްބަރ 2022 އާއި ދެމެދު ށ.ކޮމަންޑޫ ސިއްޙީމަރުކަޒުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ށ.ކޮމަންޑޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ. ([email protected])

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6540091) އަށެވެ. އީމެއިލްކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 އޮކްޓޫބަރު 2022
ހޯދާ