ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭ ފެން އަޅާ ކަޅުހަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                                 މި އިދާރާއިން ކުރިއަށް ގެންދާ ވާރޭފެން ތާނގީތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށް ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ 5000 ލިޓާރގެ 4 ކަޅުހަން ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމަވެ.

                                 މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 26 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                                 ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

30 އޮކްޓޯބަރ 2022 (އާދީއްތަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން

02 ނޮވެމްބަރ 2022 (ބުދަ)

10:00

 

                                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2022
ހޯދާ