ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގެދޮރުގެ ނަން ރިޒާވުކުރުމާއި ގުޅޭ

ގޯތި ލިބިފައިވާ ބައެއް ފަރާތްތަކުން ގޯއްޗަށް ކިޔުމަށް ބޭނުންވާ ނަން ރިޒާވުކޮށް ދިނުމަށް ދަނީ އެދެމުންނެވެ. އެހެންކަމުން ގޯތި ލިބޭނެކަމުގެ ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ނަން ރިޒާވުކުރުމުގެ ފުރުޞަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ނަން ރިޒާވުކުރުމަށް ބޭނުންވާ ފަރާތްތަކުން "ނަން ފާސްކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ފޯމާއެކު ގޯތި ޙަވާލުކުރިކަމުގެ ލިޔުމުގެ ކޮޕީއެއް ހުށަހެޅުމަށް ދަންނަވަމެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 އޮކްޓޫބަރު 2022
ހޯދާ