ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. އޮޅުތޮޅު ވަގުތީގޮތުން ބެލެހެއްޓުން ހަވާލުކުރުމާއިގުޅޭ

މި އިޢުލާންވަނީ 19 އޮކްޓޫބަރު 2022 12:21 ގައި ބާތިލް ކުރެވިފައެވެ.


 

IUL)405-A/2022/54)

 

 

އިއުލާން

 

 

ލ. އޮޅުތޮޅު ވަގުތީގޮތުން ބެލެހެއްޓުމަށް ދޫކުރުމާއި ގުޅޭ

    ލ. ކުނަހަންދޫގެ އިހްތިޞާސް ތެރޭގައި ހިމެނޭ ލ. ކުރެދިރެހާ ( ބޮޑުހުރާ)  01 އަހަރުދުވަހަށް ބެލެހައްޓައިދޭނެ

ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

     ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް

"ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެއީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ

މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

     މިކަމާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް

މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2022އޮކްޓޯބަރ 30ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް

ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.

      ބިޑް ހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2022ނޮވެމްބަރ 01ވާ އަންގާރަ ދުވަހުގެ 13:00ގައި މިކައުންސިލްގެ

އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

                              

 

 

23 ރަބީއުލް އައްވަލް 1444

19 އޮކްޓޯބަރ 2022

 

19 އޮކްޓޫބަރު 2022
ހޯދާ