ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވާރކްޝޮޕަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިޑިޕާޓްމަންޓުން ބާއްވާ ވާރކްޝޮޕަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2014 އޮކްޓޫބަރު 30 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2014/73) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ދުވަސް ދިމާވަނީ ނަޞްރުގެ ދުވަހަށް ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

09 މުޙައްރަމް 1436            

02 ނޮވެންބަރު 2014
ހޯދާ