ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޭނުން ނުކުރާ 3 އިންޖީނު ނީލަމުގައި ވިއްކާލުން

އިޢުލާން

 

                    މި ކުންފުނީގައި ހުރި ބޭނުން ނުކުރާ މި ދަންނަވާ 3 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-          YCSR ގެ އިންޖީނު GE15

-          YCSR ގެ އިންޖީނު GE16

-          ޕާކިންސް އިންޖީނު   GE20

                    މި ތިން އިންޖީނުގެ ނީލަން ފެށޭ އަގަކީ 200,000.00ރ (ދެލައްކަ ރުފިޔާ) އެވެ. މި އިންޖީނުތަކުގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 50.000.00 (ފަންސާސް ހާސް ރުފިޔާ) އެވެ.

                    ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު މި ތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހު،           2022 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 00:10 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 05 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.

                     މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމުގައި ދެންނެވީމެވެ.

                     މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 3338212  ,7905889 އަށް ގުޅުއްވުން އެދެމެވެ.

                    22 ރަބީޢުލްއައްވަލު 1444

                    18 އޮކްޓޫބަރު    2022

                                                                    

19 އޮކްޓޫބަރު 2022
ހޯދާ