ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1. މަސައްކަތުގެ ތަފުސީލު:

ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2015 އިން 31 ޑިސެންބަރު 2015 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2. ސްކޫލް ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު މަޢުލޫމާތު

(ހ).  ސްކޫލްތަކަކީ ދަރިވަރުންގެ ތަރުބިއްޔަތުކުރާ ތަންތަން ކަމަށްވާތީ، ސްކޫލްތަކުގައި މަސައްކަތްކުރާ މީހުންނަކީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވާންޖެހޭތީ، ސެކިއުރިޓީ ބެލެހެއްޓުމަށްވެސް ބޭނުންކުރަންވާނީ އަޚުލާޤު ރަނގަޅު، އެމީހުންނާމެދު މުޖުތަމަޢުގެ އިތުބާރު ނުގެއްލޭ މީހުންނެވެ. ވީމާ، މިކަމަށް ޢައްޔަން ކުރާ ކޮންމެ މީހެއްގެ ކުށުގެ ރެކޯޑު ސާފުކޮށް ލިޔުމުން ސްކޫލަށް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އަޚުލާޤީގޮތުން ނުރަނގަޅު ރެކޯޑެއް އޮތް އެއްވެސް މީހަކު ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބޭނުމެއް ނުކުރެވޭނެއެވެ.

(ށ).  ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ޑިއުޓީގައި މަދުވެގެން 2 މީހުން ތިބެންވާނެއެވެ. އަދި ކޮންމެ މީހަކުމެ ޑިއުޓީގައި ހުންނަ ވަގުތުތަކުގައި ހުންނަންވާނީ ސްކޫލުން އެޕްރޫވް ކޮށްފައިވާ ޔުނީފޯމެއްގައެވެ. އަދި އެމީހަކީ ކާކުކަމާއި، ސެކިއުރިޓީ ބަލަހައްޓާ މީހެއްކަން އެނގޭނެ ލިޔުމެއް ޑިއުޓީގައި ހުންނަ ވަގުތުތަކުގައި ޔުނީފޯމުގެ ޖީބުގައި ނުވަތަ ކަރުގައި އަޅުވާފައި، ބޭރަށް ފެންނާނޭހެން ހަރުކޮށްފައި ހުންނަންވާނެއެވެ.

(ނ).  ޚިދުމަތްދޭ ފަރާތުން ސްކޫލުގެ ޢިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި، ގޯތިތެރެއާއި، ގޯތީގެ ވަށައިގެންވާ މަގުތައް ބަލަހައްޓަންވާނެއެވެ. މިގޮތަށް ބެލެހެއްޓުމުގައި އާދަޔާޚިލާފުކަމެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން އެ ސްކޫލެއްގެ މަސްއޫލުވެރިއަކަށް އެންގުމުގެ އިތުރުން، ސެކިއުރިޓީ ބަލަހައްޓަން ހަވާލުވެފައިވާ ވެރިޔަކަށް އަންގަންވާނެއެވެ. ބެލެހެއްޓުމުގެ ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެންއޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރަންވާނެއެވެ.

(ރ).  ޑިއުޓީގައި ތިބޭ މީހުންނަށް ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އަގު ނުވަތަ އެފެންވަރުގެ އައު އެއްޗެއް ޚިދުމަތްދޭ ފަރާތުން ސްކޫލަށް ހޯދައިދޭންޖެހޭނެއެވެ.

(ބ).  އެދުވަހަކު ސްކޫލް ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަން ހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކުކުރަންވާނެއެވެ.

(ޅ).  ބަންދުގަޑީގައި ސްކޫލުން ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެންމީހުން ސްކޫލުގެ ގޯތިތެރެއަށާއި، ޢިމާރާތަށް ވަނުން މަނާކުރަންވާނެއެވެ. އަދި ބަންދުގަޑީގައި ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި ސްކޫލުން އަންގާގޮތެއްގެ މަތިން ރެކޯޑުކޮށް ލޮގްކޮށް ބަލަހައްޓަންވާނެއެވެ.

(ކ).  އެދުވަހެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގައި ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު ސްކޫލުގެ ގޯތިތެރެއާއި، ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކުކޮށް، އާދަޔާއި ޚިލާފުކަމެއް ފާހަގަކުރެވޭނަމަ އެކަން ރެކޯޑުފޮތުގައި ލިޔެ ލޮގްކޮށް، ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަމެއްނަމަ، ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ޙައްލުކޮށް އެކަންވެސް ރެކޯޑުފޮތުގައި ލޮގުކުރަންވާނެއެވެ. އެދުވަހުގެ ރެކޯޑުފޮތުގައި ލޮގުކުރެވިފައިވާގޮތް ޗެކުކުރުމަށްފަހު ސެކިއުރިޓީ ބަލަހައްޓާ ފަރާތުގެ ޒިންމާދާރު ވެރިޔަކު ދުވާލަކު އެއްފަހަރު ސޮއިކުރަންވާނެއެވެ.

(އ).  ޑިއުޓީގައި ތިބޭ ހުރިހައި ވޮޗަރުންގެ އައި.ޑީ ކާޑުގެ ފޮޓޯކޮޕީއެއް ސެކިއުރިޓީ ބަލަހައްޓާ ސްކޫލަށް ހުށަހަޅަންވާނެއެވެ. އަދި މިލިޔުމަށް އެއްވެސް ބަދަލެއް އަންނަނަމަ، މިބަދަލާއެކު އިޞްލާޙުވެފައިވާ ލިޔުމެއް، އެބަދަލު އަންނަތާ 120 ގަޑިއިރުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ޑިއުޓީގައި ތިބޭ އޮފިސަރުންގެ ނަމާއި، އެޑްރެސް އަދި އައި.ޑީ.ކާޑު އޮޅުންފިލާގޮތަށް ލިޔެފައިވާ ޑިއުޓީ ހަމަޖެހިފައިވާގޮތުގެ ތާވަލެއް ކޮންމެ ހަފުތާއެއްގެ ފުރަތަމަދުވަހު ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސްކޫލަށް ހުށަހަޅަންވާނެއެވެ. އަދި އެތާވަލަށް ބަދަލެއް ގެންނަންޖެހޭފަދަ ގޮތެއް ދިމާވެއްޖެނަމަ އެކަން އަންގަމުން ގެންދަންވާނެއެވެ.

(ވ).  ހެނދުނު 06:00 ގައި ޤައުމީ ދިދަ ނަގައި ހަވީރު 06:00 ގައި ދިދަ ތިރިކުރަންވާނެއެވެ. މިކަމަކީ ޚިދުމަތް ދޭ ފަރާތުގެ ޒިންމާއަކަށްވާތީ، ދިދަ ނަގައި ދިދަ ތިރިކުރަންވާނީ ޤައުމީ ދިދައަށް ކުރަންޖެހޭ އިޙްތިރާމާއި ޤަދަރު ނުގެއްލޭ ފަދަ ގޮތަކަށެވެ.

(މ).  ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ޞިއްޙީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 (އަށާރަ) އަހަރުންމަތީގެ، 65 (ފަސްދޮޅަސް ފަހެއް) އަހަރުންދަށުގެ މީހުންނެވެ.

(ފ).  ޑިއުޓީއެއްގައި އެކަކު 8 ގަޑިއިރަށްވުރެ ގިނައިރު ނުހުރެވޭގޮތަށް ރޭވިފައި އޮންނަންވާނެއެވެ. އަދި ސެކިއުރިޓީ އޮފިސަރުންނާއި، ހަވާލުކޮށްފައިވާ ޑިއުޓީ އެމީހުން ފުރިހަމައަށް އަދާކުރޭތޯ ބެލުމަށް ހުންނަ ސްޕަވައިޒަރަކު އެމީހުންގެ  މަސައްކަތް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ދ).  ޑިއުޓީގައި ތިބޭ މީހުންނާއި، އަދި ދިމާވެދާނެ ކުއްލި ޙާލަތެއްގައި ޑިއުޓީގައި ތިބޭނެ ކޮންމެ މީހެއްގެ އަތުގައިވެސް، އެކަކު އަނެކަކާއި، އަދި އެމީހުންނާއި، އެމީހުންގެ އޮފީހާ ދެމެދުގައި ފަސޭހައިން ގުޅޭނެ ނިޒާމެއް ޤާއިމުކުރެވިފައި ހުންނަންވާނެއެވެ. (އެއީ ކޮމިއުނިކޭޝަން ސެޓް ނުވަތަ ސެލިޔުލަރ ފޯނު (މޯބައިލްފޯނު) ފަދަ އިތުބާރު ހިފޭ އެއްޗަކަށް ވާންވާނެއެވެ.

(ތ).  ޑިއުޓީ ޝިފްޓް ބަދަލުކުރުމުގައި ޑިއުޓީގައި ތިބި މީހުން ދާންވާނީ އެޑިއުޓީ ޝިފްޓް ބަދަލުވާ ސެކިއުރިޓީ އޮފިސަރަށް އެޑިއުޓީއެއްގައި ނޯޓުކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭނެ ކަމެއްވާނަމަ، އެކަން އެންގުމަށްފަހުގައެވެ.

(ލ).  ސްކޫލުގައި އޯލެވަލް / އޭލެވަލް އިމްތިޙާނު އޮންނަ ދުވަސްވަރު އިތުރު ކުއްޔަކާ ނުލައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްއިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލުގައި އިމްތިޙާނު ކަރުދާސް ބަލަހައްޓާ "ރައްކާތެރިކޮޓަރި" ގެ ސެކިއުރިޓީ ބަލަހައްޓަންވާނެއެވެ. މިފަދަ އިމްތިޙާނުތައް ސްކޫލުގައި އޮންނަ ދުވަސްވަރު ރައްކާތެރިކޮޓަރީގެ ސެކިއުރިޓީ ބަލަހައްޓަންޖެހޭ މުއްދަތު ސްކޫލުން، ލިޔުމުން ޚިދުމަތްދޭ ފަރާތަށް އަންގަންވާނެއެވެ. މިފަދަ ތަނެއްގައި ސެކިއުރިޓީ ނުބެލެހެއްޓިގެން އެއްވެސް އާދަޔާ ޚިލާފުކަމެއް ހިނގައިފިނަމަ އެކަމެއްގެ ފުރިހަމަ ޒިންމާ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުވާ ފަރާތުން އުފުލަންޖެހޭނެއެވެ.

(ގ).  އިމްތިޙާނު އޮންނަ ދުވަސްވަރު "ރައްކާތެރިކޮޓަރި" ބެލެހެއްޓުމަށް ހަވާލުވިޔަސް، ސްކޫލުގެ އެތެރެއާއި ބޭރު ބެލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރުން ބައިތިއްބަންޖެހޭނެއެވެ. "ރައްކާތެރިކޮޓަރި" ބަލަހައްޓާ ފަރާތަކީ އެކޮޓަރީގެ ރައްކާތެރި ކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އޮފިސަރުކަމަށްވާތީ، އެއޮފިސަރަށް ސްކޫލުގެ އެތެރެއާއި ބޭރު ބެލެހެއްޓުމުގެ ޒިންމާ ހަވާލެއްނުކުރެވޭނެއެވެ.

(ޏ).  ސްކޫލުގައި އަހަރުގެ ތެރޭގައި ބޭއްވޭ އެކިއެކި އިޙުތިފާލުތަކާއި، ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމާ އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރު އަގަކާ ނުލައި ސެކިއުރިޓީ ބަލަހައްޓައިދޭންވާނެއެވެ.

(ސ).  ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އަދި ރަސްމީ ބަންދު ދުވަސްތަކުގައި މެދުނުކެނޑި 24 ގަޑިއިރު ޑިއުޓީ ކުރަންވާނެއެވެ.

(ޑ).  ސްކޫލުން ދެވޭ ޚިދުމަތާ ދޭތެރޭ އިތުބާރު ގެއްލޭފަދަ ވާހަކަތަކާއި، އަދި ދަރިވަރުންނާއި، ބެލެނިވެރިންގެ ހިތްތަކުގައި ސްކޫލާމެދު އިތުބާރު ގެއްލޭފަދަ ވާހަކަތައް ދައްކައިގެންނުވާނެއެވެ.

(ޒ).  ޑިއުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭންވާނެއެވެ.

(ޓ). ސެކިއުރިޓީ ބެލެހެއްޓުމުގައި ހަމައެކަނި ދިވެހިން ބައިތިއްބަން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

3. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

(ހ).  އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ

(ށ).  އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންޖެހޭނެއެވެ.

4. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

(ހ).  ސްކޫލުން ދޭ، އަގު ހުށަހަޅާ ފޯމު

(ށ).  އަންދާސީހިސާބު ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ، އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު ކޮޕީ.

(ނ).  ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.

(ރ).  މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިޔުމެއް ލިބިފައިވާނަމަ ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ).

5. މަސައްކަތް ހަވާލުކުރުން        

  މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދެވޭނީ، އަގާއި، ތަޖުރިބާއާއި، ވަކިވަކި ޑިއުޓީގައި ބޭނުންކުރާ މުވައްޒަފުންގެ އަދަދު ބެލުމަށްފަހު އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. 

6. ޕޮއިންޓް ދޭނެގޮތް:

(ހ).  75 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

(ށ).  15 ޕޮއިންޓް ތަޖުރިބާއަށް (ދައުލަތުގެ އެކިމުއައްސަސާތަކަށް ކޮށްދީފައިވާ ތަފާތު މަސައްކަތްތައް، އެތަންތަނުން ބަލައިގަނެ، އެކަމާ ގުޅޭގޮތުން އެފަދަ ތަންތަނުން ދީފައިހުރި ލިޔުންތަކަށް ބަލައިގެންނާއި، ރަށުގައި ކޮށްފައިހުރި އެފަދަ މަސައްކަތްތަކަށް ރިޢާޔަތްކޮށްގެން.)

(ނ).  10 ޕޮއިންޓް ބޭނުންކުރާ މުވައްޒަފުންގެ އަދަދަށް. (އެންމެ ގިނަ މުވައްޒަފުން ގެންގުޅެން ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

ވީމާ، މި ކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޢިއުލާންގައި ދެވިފައިވާ މަޢުލޫމާތުތަކާ އެއްގޮތަށް 17 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2014
ހޯދާ