ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
VRV/VRF އެއަރކޮންޑިޝަންސިސްޓަމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ޤާއިމުކުރެވިފައިވާ VRV/VRF އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ މަރާމާތުކޮށް ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނުން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ނޮވެންބަރު 2014 ވާ (ހޯމަ) ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2014 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ކަރުދާސް ކަނޑަޅެޅިފައިވާ ގަޑީގެ އިތުރުން 13 ނޮވެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

06 ނޮވެންބަރު 2014
ހޯދާ