މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރިވެލި ތަރި" މައުރަޒުއާއި ގުޅޭ

އިޢުލާން

"ރިވެލި ތަރި" މައުރަޒުއާއި ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒުގެ ނަމުގައި، 14 ނޮވެމްބަރ 2022  އިން 15 ނޮވެމްބަރ 2022 އަށް މައުރަޒެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

"ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން، 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުން "ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޙާއްސަކޮށްގެން ބާއްވާ 'ރިވެލި ތަރި' މައުރަޒު ހިންގުމުގެ އުސޫލު" ގައި ބަޔާންކުރާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. މި މައުރަޒުގައި ބައިވެރިވުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކައިދޭ 'ރިވެލި ތަރި' މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއިއެކު ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަވެފައިވާކަމަށް ބެލެވޭނީ ތިރީގައިވާ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

  • ފޯމު ހުށަހަޅާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • މައުރަޒުގައި ބައިވެރިކުރާ އުފެއްދުމުގެ ފޮޓޯ އަދި ވީޑިއޯ (ފޯމު ހުށަހަޅާ މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައި)

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.       

  • އީމެއިލް ކުރާނަމަ ފޮނުވާނީ، [email protected] އަށެވެ.
  • ފޯމު ފުރިހަމަ ކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، މިނިސްޓަރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ކައުންޓަރަށެވެ.

ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކައުންޓަރަށް ހުށަހަޅާނީ 13 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން 30 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، މި މުއްދަތުގެ ތެރޭގައި ހުރިހައި ދުވަހެއްގައިވެސް ހުށަހެޅޭނެއެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 2022 މަހުގެ 02 ވަނަ ހަފްތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މިނިސްޓްރީ އިން ގުޅައި މިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކުރާނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ސީޓްރެކް ބިލްޑިންގް، 7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މިނިސްޓަރީގެ ވެބްސައިޓް www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅު ތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުންނާއި މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

22 ރަބީޢުލްއައްވަލްޙާޙ 1444

18 އޮކްޓޫބަރު 2022
ހޯދާ