ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލަށް ޕަވަރ ގޭޓް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)422/422/2022/82 އިޢުލާނަށް އެކަށީގެންވާ ތަރުހީބެށް ލިބިފައި ނުވާތީވެ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރުން.

ގދ. ފިޔޯރީ ކައުންސިލަށް ޕަވަރ ގޭޓް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)422/422/2022/82  އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށާއަޅާފައި ނުވާތީ މި އިއުލާން ބާތިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭންނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 1 ނޮވެމްބަރ 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  8 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 6 ނޮވެމްބަރ 2022  ވާ އާއްދިއްތަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 7 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002526) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

22 ރަބީޢުލްޢައްވަލު 1444

18  އޮކްޓޯބަރ   2022

18 އޮކްޓޫބަރު 2022
ހޯދާ